
ހުޅުދުއްފާރު ބޮޑު ހިނގާލުން
ރ.ހުޅުދުއްފާރު ކައުންސިލާއި، ލެންޓާރން ޖަމްޢިއްޔާގުޅިގެން ހިންގޭ ހަރަކާތް ”ބޮޑު ހިނގާލުން“ ރ.ހުޅުދުއްފާރު ގައި އޮންނާނެކަމަށް އެ ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޝާއިޢުކޮށްފައިވެއެވެ.
https://www.facebook.com/1226547870804574/posts/2293650234094327/
18 އޮކްޓޫޫޫޫޫބަރު 2019 ވާ ހުކުރު ދުވަހު(މާދަމާ) ބޭއްވުމަށް ތައްޔާރުވަމުންއަންނަ މިހިނގާލުން ފެށޭނީ ހުޅުދުއްފާރު ކައުންސިލްގެ އިދާރާ ކުރިމަތިންނެވެ. މިހިނގާލުމުގައި ބައިވެރިވާން ބޭނުންވާފަރާތްތަކުން މާދަމާ ހަވީރު 4:15އަށް އެރަށު ކައުންސިލް ކުރިމަށްޗަށް ހާޒިރުމުމަށް ކައުންސިލްގެ ފޭސްބުކް ޕޭޖުގައި ޝާއިޢު ކޮށްފައިވާ ޕޯސްޓެއްގައި ވެއެވެ.
ލެންޓާރން ޖަމްޢިއްޔާއަކީ 2015ގައި ރަޖިސްޓްރީކޮށްފައިވާ މަދަނީ ޖަމްޢިއްޔާއެކެވެ. ރ.ހުޅުދުއްފާރުގައި އިޖްތިމާޢީ، އަދި ދީނީގޮތުން މުޖްތަމަޢު ހޭލުންތެރި ކުރުވުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ މިޖަމްޢިއްޔާގެ މައިގަނޑު އަމާޒަކީ ތަޢުލީމީ ދާއިރާއިން ޒުވާނުން ހޭލުންތެރި ކުރުވުމުގެ ގޮތުން ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ހަރަކާތްތަކެއް ހިންގުންކަމުގައި އެޖަމްޢިއްޔާގެ ވެބްސައިޓުގައި ވެއެވެ.
މާދަމާ ހަވީރު ބާއްވާ މި ޚާއްޞަ ހިނގާލުމުގައި ހުޅުދުއްފާރުގެ ކުދިބޮޑު އެންމެން ކަހަލަ ގޮތަކަށް ބައިވެރިވާނެކަމަށް ބެލެވެއެވެ.
މިއުއްމަތުގެ މާތް ނަބިއްޔާއަށް އޮންނަ ލޯބި އިތުރުކުރުމާއި ދަރިންގެ ހިތްތަކުގައި އެކަލޭގެފާނާމެދު ލޯވި އުފެއްދުމަށްޓަކައި މިފަދަ ހަރަކާތްތަކުގައި ބައިވެރިވުމަކީ މުސްލިމުން ކޮށްއުޅޭކަމެކެވެ.
ރ.ހުޅުދުއްފާރު ކައުންސިލާއި ލެންޓާރން ޖަމްޢިއްޔާގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށިއެވެ!