
”ނަބިއްޔާގެ ދިފާޢުގައި“
”ނަބިއްޔާގެ ދިފާޢުގައި“ މިނަމުގައި ވަރަށް ޚާއްޞަ ދަރުސެއް ބޭއްވުމަށް ރ. ހުޅުދުއްފާރު ކައުންސިލުން ތައްޔާރުވަމުން އެބައާދެއެވެ. އެކަމުގެ އިޢުލާނެއް އެކައުންސިލްގެ ފޭސްބުކް ޕޭޖުގައި ވަނީ ޝާއިޢުކޮށްފައެވެ.
https://www.facebook.com/1226547870804574/posts/2293761357416548/
އެރަށުގެ ހީވާގި ޒުވާނުން ހިންގާ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ”ލެންޓާރން“އާއި އެރަށު ކައުންސުލުން ގުޅިގެން އިންތިޒާމުކުރާ މިދަރުސް ބޭއްވުމަށް ހަމަޖެހިފައިވަނީ 17 އޮކްޓޫބަރުު 2019 ވާ ބުރާސްފަތި ދުވަހު(މާދަމާ)ގެ ރޭ 8:30ގައި އެރަށު މަތާރަން މާލަމުގައެވެ.
މިދަރުސް ދެއްވާނީ ”އައްޝައިޚް އިބްރާހީމް ރާފިޢުު“ އެވެ.
ލެންޓާރން ޖަމްޢިއްޔާއަކީ 2015ގައި ރަޖިސްޓްރީކޮށްފައިވާ މަދަނީ ޖަމްޢިއްޔާއެކެވެ. ރ. ހުޅުދުއްފާރުގައި އިޖްތިމާޢީ، އަދި ދީނީގޮތުން މުޖްތަމަޢު ހޭލުންތެރި ކުރުވުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ މިޖަމްޢިއްޔާގެ މައިގަނޑު އަމާޒަކީ ތަޢުލީމީ ދާއިރާއިން ޒުވާނުން ހޭލުންތެރި ކުރުވުމުގެ ގޮތުން ދުނިޔެއާއި އާޚިރަތަށް ފައިދާހުރި ހަރަކާތްތަކެއް ހިންގުންކަމުގައި އެޖަމްޢިއްޔާގެ ވެބްސައިޓުގައި ވެއެވެ.
މާދަމާރޭ ބާއްވާ ޚާއްޞަ ދަރުސަށް ވީހާވެސް ގިނަބޭފުޅުން ވަޑައިގަތުމަކީ ރ. ހުޅުދުއްފާރު ކައުންސިލްގެ ވަރަށްބޮޑު އެދުމެކެވެ.
މިއުއްމަތުގެ މާތް ނަބިއްޔާއަށް އޮންނަ ލޯބި އިތުރުކުރުމާއި ދަރިންގެ ހިތްތަކުގައި އެކަލޭގެފާނާމެދު ލޯވި އުފެއްދުމަށްޓަކައި މިފަދަ ދަރުސްތަކުގައި ބައިވެރިވެ، އެތަންތަނުން ފިލާވަޅު ލިބިގަތުމަކީ ވަރަށް ބޭނުންތެރި ކަމެކެވެ.
ރ.ހުޅުދުއްފާރު ކައުންސިލާއި ލެންޓާރން ޖަމްޢިއްޔާގެ މަސައްކަތުގައި ﷲ ބަރަކާތް ލައްވާށިއެވެ!
hURIHAA ENMEN VES NABIYAAGE DHIFAAUGAI NIKU7NANVEE