ގެއްލުނު ސައިކަލު ފެނުނުގޮތް…

މިރާއްޖޭގައި ސައިކަލް ގެއްލިގެން އުޅޭވާހަކަ ވަރަށްގިނައިން އަޑުއިވެއެވެ. ސައިކަލުގެއްލިއްޖެނަމަ އެންމެ ފުރަތަމަވެސް ދުޢާކޮށް ﷲއަށް ދަންނަވަންވީއެވެ. ދެން އެއަށްފަހުގައި ސައިކަލް ފެނޭތޯ މަސައްކަތް ކުރަންވީއެވެ.

 

އިޝްތިހާރު Below Header ad

މިއަދު ރައްޓެއްސަކު ގުޅާފައި އޭނާގެ ސައިކަލް ގެއްލުނު ވާހަކައާއި އަލުން އޭތި ފެނުނުގޮތުގެ ވާހަކަ އަހަރެންނާ ޙިއްޞާކޮށްލިއެވެ. އޭގެ ޢިބުރަތްތެރިކަން ބޮޑުކަމުން ކިޔުންތެރިންނާހަމައަށް އެވާހަކަ ގެނެސްދޭނަމޭ ހިތަށްއެރިއެވެ. އޭނާ ކިޔައިދިންގޮތަށް ތިރީގައި އެވާހަކަ ލިޔެލާނަމެވެ.

 

ގޭގެ ވަށައިގެންވާ ހުރިހާ ސަރަހައްދެއް، ސައިކަލުފެނޭތޯ އަހަރެން ބެލީމެވެ. އެކަމަކު ނުފެނުނެވެ. އަހަރެންނަށް ހެނދުނުއްސުރެ ކިޔޭ ހަމައެކަނި އެއްޗަކީ ” حسبنا الله ونعم الوكيل” (އަަަަަަަަަަަަހަފެހަފހަހއަހަރެންނަށް ﷲ ފުދެއެވެ. އެއީ ވަކީލުކުރުން އެންމެ އެކަށީގެންވާފަރާތެވެ.) މިކަލިމައެވެ. މިހެން ހޯދަމުންގޮސް މާލޭގެ ގިނަ ހިސާބުތަކެއް ހޯދައިފީމެވެ. އެކަމު ސައިކަލެއް ނުފެނުނެވެ. އެންމެފަހުުން ދެން ފުލުސް އޮފީހަށްގޮސް މިވާހަކަ ރިޕޯޓްކޮށްފީމެވެ.

 

އަހަރެންގެ ބައްޕަ ރޭގައި ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާތީ، ދެން އަހަރެން ދިޔައީ ބައްޕަގެ ސައިކަލު ނަގާށެވެ. އޭރު މެންދުރުން އަނބުރާ 2:30 ވެއްޖެއެވެ. އެގޭދޮށަށް ދެވުނުއިރު 15ވަރަކަށް މިނެޓްވެއްޖެއެވެ. އެތަނުން ދިމާވި ރައްޓެއްސަކު ކޮފީއަކަށް ދައުވަތުދިނުމުން، އޭނާއާއެކު ކޮފީމޭޒުމަތީ އިނދެވުނީ ވަރަށްވެސް މަޔޫސްކަންމަތީއެވެ. މިހެން އިންދާ އަސުރު ވަގުތު ވަދެގެން ދިޔަ އިރުވެސް ގަޑިއަށްބަލާލަ ބަލައިލާ އިނދެވުނީއެވެ. ނަމާދުގެ ޖަމާޢަތަށް މިސްކިތަކަށްވެސް ނުދެވުނެވެ. މިކަމާ އަދި މާބޮޑަށް މާޔޫސްވެވިއްޖެއެވެ. އެއީ އަހަރެން އަބަދުވެސް ނަމާދުގެ ވަގުތުގައި ޖަމާޢަތުގައި ނަމާދުކުރެވޭތޯ ބަލާތީއެވެ.

 

އޮފީހުގައި ނުނިމި މަސައްކަތެއް އޮތުމުން 3:45 އެހާއިރު އަނެއްކާވެސް އޮފީހަށް ވަނީމެވެ. އަވަސްގޮތަކަށް އެކަންކޮށްލާފައި އަސުރުނަމާދަށް އެރޭވަރުވީ 3:55 އެހާއިރުއެވެ. ދެން ނަމާދުނިމިގެން ހިތާމައިން ފޯވެފައިއިން އަހަރެން، ވަރަށް މޮޅިވެރިކަމާއެކު ﷲއަށް ދުޢާކުރީމެވެ. ވަރަށް ޚާއްޞަކޮށް އަހަރެންގެ ގެއްލިގެން މިއުޅޭ ސައިކަލު އަހަރެންނަށް ދައްކަވައިދެއްވާނދޭވެ! އޭ ކިޔައިގެން ދުޢާކޮށްފީމެވެ.

 

ނަމާދު ނިމި މާގިނައިރުތަކެއްނުވެ 4:10 އެހާއިރު އަހަރެންގެ އަވައްޓެރިޔަކު އަހަންނަށް ގުޅައިފިއެވެ. އަދި އޭނާއަތުގައި އަހަރެން ގެއްލިގެން މިއުޅޭ ސައިކަލު އިންވަހަކައާއި، އަހަރެންގެ އޮފީސް ދޮށަށް ސައިކަލު ހިފައިގެން އެބަ އަންނަމޭވެސް ބުނެފިއެވެ. އޭނާއަކީ މި ޤައުމުގެ ސަރުކާރުގެ މަތީ މަޤާމެއްވެސް އަދާކުރަމުން އަންނަމީހެކެވެ. އިސާހިތަކު އޭނާއައިސް އަހަރެންނާ ސައިކަލު ޙަވާލުކޮށްފިއެވެ. އަހަރެން އަންތަރީސްވެ ހައިރާންވެއްޖެއެވެ. އަހަރެންނަށް އަހަރެންގެ ސައިކަލު އަނބުރާލިބިއްޖެވެ.

 

ހުރިހާ ޙަމްދެއް ހުރީ ﷲއަށެވެ. އެދުވަހުގެ އިރު އޮއްސިގޮސް ޢިޝާ ވަގުތާ ޖެހެންދެންވެސް އަހަރެންނަށް މާބޮޑަށް ކަންކަމާނުވިސްނެއެވެ. އިޝާ ނަމާދު ނިމިގެން އަހަރެން ހިތަށްއެރިއެވެ. އަހަރެން މެންދުރު ނަމާދަށްފަހުވެސް ދުޢާއެއް ނުކުރަމެވެ. އަސުރު ނަމާދުފަހުން ހަމަސީދާ އެކަމަށް އެދި ދުޢާ ކުރުމުން ﷲ މިވަނީ އަހަރެންގެ ދުޢާ އެންމެ 10 މިނެޓްތެރޭ އިޖާބަ ކޮށްދެއްވާފައެވެ. އެއިލާހަށް ހަމްދާއި ޝުކުރު އަދާކުރާނެ ގޮތްތެއް އަހަރެއްނަކަށް ނުވިސްނުނެވެ. އަހަރެން އަސުރު ނަމާދުގެ ޖަމާޢަތައް ނުގޮސް ހުރިއިރުވެސް ﷲގެ ރަޙްމަތުން އަހަރެން ބޭރުނުކުރެއްވިކަން އެއީ ވެސް ކުޑަކަމެއްގެ ގޮތުގައި އަހަރެން ނުދެކެމެވެ.

 

މިއީ އެއިލާހު އަޅުން އިމްތިޙާނުކުރަށްވާ ގޮތެއްކަމުގައި އަހަންނަށް އިހުސާސް ކުރެވުނެވެ. މުޞީބަތުގެ ވަގުތުގައި އެއިލާހަށް ކުއްތަން ނުވެވުނަސް އެއިލާހު އަޅުތަކުން ދޫކޮށް ނުލަށްވާކަން އަހަރެންނަށް އެގުނެވެ. އެއީ މާ އޯގާތެރި ރަޙުމްކުރުން ބޮޑު އިލާހެކެވެ. އަހަރެން އެންމެ ފަހަރަކު ދަންނަވާލުމުން އެސައިކަލު އަނބުރާ އަހަރެންނާ ހިސާބަށް ފޮނުވައިދެއްވީއެވެ. الحمد لله އެވެ! އަހަރެންގެ ދުޢާ ﷲ އިޖާބަކޮށްދެއްވައެވެ. އެހެނަސް މީ އޭގެތެރެއިންވެސް އެންމެ އަވަހަށް އިޖާބަވެގެންއައި ދުޢާއެވެ. ﷲ އަކީ އަހަރުމެންނަށް ރައްކާތެރިކަން ދެވޭނެ ހަމައެކަނި ފަރާތެވެ. ރަޢްދު ސޫރަތުގެ 28ވަނަ އާޔަތް އެއީ އަހަރެން އަބަދުވެސް ހަނދާނުގައި ހަރުލާ ހުންނަ އާޔަތެކެވެ. ﴿ٱلَّذِينَ ءَامَنُواْ وَتَطۡمَئِنُّ قُلُوبُهُم بِذِكۡرِ ٱللَّهِۗ أَلَا بِذِكۡرِ ٱللَّهِ تَطۡمَئِنُّ ٱلۡقُلُوبُ﴾ (الرعذ: 28) މާނައީ: “އެއުރެންނީ، إيمان ވި މީހުންނެވެ. އަދި ﷲ ހަނދުމަކުރުމުން، އެއުރެންގެ ހިތްތައް ހަމަޖެހޭ މީހުންނެވެ. ހިތްތައް ހަމަޖެހެނީ، ﷲ ހަނދުމަކުރުމުން ނޫންހެއްޔެވެ؟”

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.