ނެދަލޭންޑުގައި ބޭރަށް އިވޭގޮތަށް ބަންގި ދޭންފަށަނީ

ނެދަލޭންޑުގެ ވެރިކަންކުރާ ރަށުގައި ހުންނަ މިސްކިތަކުން ފުރަތަމަ ފަހަރަށް އެޤައުމުގައި ބޭރަށް އިވޭގޮތަށް ބަންގި ގޮވަން ނިންމާފައިވާކަމަށް ”ޑަޗް ނިއުސް“ އިން ރިޕޯޓްކޮށްފިއެވެ.

ތިމަންމެން މިއުޅެނީކީ ބަންގީގެ އަޑު ރަށުތެރޭ ގަދަކޮށްލާކަށްނޫން، އަދި އެ އަޑުގެ ސަބަބުން މީސްތަކުންގެ މެދުގައި ރުޅިވެރިކަމާ ނަފްރަތު އުފައްދާކަށްވެސް ނޫން. އަހަރުން މި މަސައްކަތްކުރަނީ އިސްލާމީ ޘަޤާފަތް ޢާއްމުކުރަން. (ބީރައްޓެހިކަން ކަނޑުވަން)“ ބްލައުވޭ މިސްކިތުގެ އިމާމް ޔާސީން އެލްފޯރކަނި ބުންޏެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

”މީސްތަކުންވަނީ ”الله أكبر“ މިކަލިމަ އަކީ ފަސާދަޔާއި، ތުރާވެރިކަމާ ގުޅުވާފަ ކަލިމައެއްގެގޮތުގައި ބަލަންފަށާފައެވެ. އަދި ބައިނަލްއަޤުވާމީ ޓެރަރިސްޓު ކަލިމައެއްގެ ގޮތުގައި މިކަލިމަ ވަނީ ފަތުރާފައެވެ. ނަމަވެސް މި މިސްކިތަށް ޒިޔާރަތްކުރާމީހުންނަށް މި ކަލިމައިގެ ތަޖުރިބާ ކުރެވިފައިވާނީ އެއިން ފައިދާއާއި މަންފާ ލިބޭ ކަލިމައެއްގެ ގޮތުގައި“ އޭނާ އިތުރަށް ކިޔައިދިނެވެ.

ޔާސީން ބުނިގޮތުގައި ކްރިސްޓިއަން ޗާޗް ތަކުގެ ރަނގަބީލަށް ބާރުލިބޭ ޤާގޫނުން ބަންގީ ގެއަޑަށްވެސް ބާރުލިބެއެވެ. އެހެނީ މިދެކަމަކީވެސް ދެދީނުގެ އަޅުކަމަށް ގޮވާލާ ދެކަންތަށް ކަމުގައި ވުމެވެ. ޔާސީން ދެކޭގޮތުގައި އަޑުބަހަށްޓާނެ ބާރުމިނެއް ކައުންސިލްތަކުން ކަނޑައެޅިދާނެވެ. އެހެނަސް އެކީ އެކަން ބަނގިގޮވުން ހުއްޓުވިގެން ނުވާނެއެވެ.

ނެދަލޭންޑުގައި ދެވަނައަށް އެންމެ ގިނަމީހުން ތަބަޢަވާ ދީނަކީ އިސްލާމްދީނެވެ. އެޤައުމަށް އިސްލާމީނޫރު ފޯރާފައިވަނީ 16ވަނަ ޤަރުނުގައި އުޘްމާނީ ޚިލާފަތުގެ ދުވަސްވަރުއެވެ. އަދި އެންމެފުރަތަމަ މިސްކިތް އެޤައުމުގައި ބިނާކުރެވުނީ 17ވަނަ ޤަރުނުގައެވެ.

ބަންގިއަކީ އިސްލާމީ މަތިވެރި ޝިޢާރެކެވެ. ބަންގީގެ އަޑު ރަށުތެރޭ ގުގުމާލުމަކީ މުސްލިމުންގެ ހިތްތަކަށް ފިނިކަން ލިއްބައިދޭ ކަމެކެވެ. ބަންޤިއަށް އިޖާބަދިނުމަކީ މިސްކިތައްގޮސް ނަމާދުކުރުމެވެ. ނަމާދުކުރުން ހުއްޓާލައިފިމީހަކަށް ބަންގީގެ އަޑުއިވުން ހުއްޓިދާނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.