ބުރުގާ އެޅޭގޮތަށް ސްކޫލް ޔުނީފޯމަށް ބަދަލުގެނެސްފި

އެކިއެކި ޔުނީފޯރމު ލާ ކުދިންނާއި މީހުންނަށް، ޔުނީފޯރމާއިއެކު ބުރުގާ އެޅޭނެ ގޮތެއް ނޯންނަ ވާހަކަ މިއީ ވަރަށް ގިނައިން އަޑުއިވޭ ވާހަކައެކެވެ. ސިންގަޕޫރަށް ނިސްބަތްވާ ބައްޕައެއްގެ މިޒާތުގެ ކަންބޮޑުވުމެއް ފިލައިގެން ދިޔައީ އޭނާގެ ދަރިފުޅު ކިޔަވަންދިޔަ “ބެބްޓިސް ކޮލެޖް”އިން އެކޮލެޖުގެ ޔުނީފޯރމު މިންގަނޑަށް ބަދަލުގެނެސް އޭނާގެ ދަރުފުޅަށް ޔުނީފޯރމާއިއެކު ބުރުގާ އެޅޭނެގޮތް ހަދައިދިނުމުންކަމުގައި “ވޯރލްޑް އޮފް ބަޒް” ގައި ރިޕޯރޓްކޮށްފައިވެއެވެ.

“ސުމައްޔާ “ލޯކަލް ބެބްޓިސް ކޮލެޖް”އަށް ވެއްދުމުން، އެކޮލެޖުން އަހަރުންގާތުބުނި މިސްކޫލަށް ބުރުގާ އަޅައިގެން އަންނަ ފުރަތަމަ ކުއްޖަކީ ސުމައްޔާއެވެ.” މިވަގުތު ޢާއިލާއާއެކު އޮސްޓްރޭލިއާގައި ދިރިއުޅެމުން އަންނަ ސުމައްޔާގެ ބައްޕަ “ޝެހްރޮމް ރަހްމާދު” ބުންޏެވެ.

އިޝްތިހާރު Below Header ad

“މި ކޮލެޖުގެ ޕްރިންސިޕަލްވަނީ ސުމައްޔާއަށްޓަކައި ޚާއްޞަކޮށްގެން ނަމާދުކުރާވަކި ތަނެއް ހެދުމުގެ ބުރަ އޭނާ އަމިއްލައަށް އުފުލާފައި.” ސުމައްޔާގެ ބައްޕަ ބުންޏެވެ. އަދި އޭނާ އިތުރަށް ބުނެފައިވަނީ ސްކޫލްގެ ޕްރިންސިޕަލާއެކު އިތުރު މަޝްވަރާތަކެއް ކުރުމަށްފަހު، ސުމައްޔާގެ މަންމަ ވަނީ އަންހެނާގެ އައުރަ ނިވާވާގޮތަށް ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނެ ގޮތަކަށް ސްކޫލް ޔުނީފޯރމް ބަދަލުކުރުމަށް ސްކޫލުގެ ބޯޑަށްވެސް ހުށައަޅާފަކަމުގައެވެ.

ބޯޑުމެންބަރުންވެސް މިހާރުވަނީ އެއަށް ރުހި ޤަބޫލުވެފައިކަމުގައި ރިޕޯރޓްތައް ބުނެއެވެ. އަދި 2020 ވަނައަހަރުން ފެށިގެން އެސްކޫލުގެ އަންހެން ދަރިވަރުންތެރެއިން ނިވާކުރަން ބޭނުން ކުދިންނަށް ފައިނިވާކުރުމާއި އަތްދިގުކޮށް ޔުނީފޯރމު އެޅުމާއި، ހުދު ނުވަތަ ކަޅު ބުރުގާ އެޅޭގޮތަށް ސްކޫލް ޔުނީފޯރމުގެ މިންގަނޑުތައް ބަދަލުކުރެވިގެން ދާނެއެވެ.

އިސްލާމްދީނުގައި ޙިޖާބު އެޅުމަކީ އެއްގޮތަކަށްވެސް މީހެއްގެ ބައިވެރިވުން ނުވަތަ އެދީނަށް އެއްބާރުލުން ދިނުމުގެ ރަމްޒެއްގެ ގޮތުން ކުރަން އޮންނަކަމެއްނޫނެވެ. އެހެނެއްކަމަކު ހިޖާބު ނުވަތަ ބުރުގާ އަޅާ ނިވާވުން އެއީ ދީނުގެ ވާޖިބެކެވެ. މަތިވެރިވެގެންވާ އަޅުކަމެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.