ފިހިގެން މަރުވާމީހާ ހިނެވުން

ފިހިގެން މަރުވާ މުސްލިމްމީހާގެ މައްޗަށް ޖަނާޒާ ކުރަންވާނެއެވެ. ހިނެވުމަށްޓަކައި ހިނެވުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ހަލާކު ނުވާނެނަމަ، އޭނާ ހިނަވަންވާނެއެވެ. އަދި ހިނެވުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ހަލާކުވާނެކަމުގެ ބިރު އޮވެއްޖެނަމަ، އޭނާގެ ހަށިގަނޑުގައި އަތްލުމަކާނުލާ ފެން އޮއްސަންވާނެއެވެ. އަދި ފެން އޮއްސުމުގެ ސަބަބުން އޭނާގެ ހަށިގަނޑުގެ ބައިތައް ނެތިހިނގައިދާނެ ކަމުގެބިރު އޮތްނަމަ، މައްޔިތާ ތަޔަންމަމު ކުރަންވާނެއެވެ.
އަލް މުޤްނީގައި އިބުނު ޤުދާމާ (رحمه الله) ވިދާޅުވެފައިވެއެވެ. ( والمجدور، والمحترق، والغريق، إذا أمكن غسله غسل، وإن خيف تقطعه بالغسل صب عليه الماء صبا، ولم يمس، فإن خيف تقطعه بالماء لم يغسل، وييمم إن أمكن، كالحي الذي يؤذيه الماء، وإن تعذر غسل الميت لعدم الماء ييمم، وإن تعذر غسل بعضه دون بعض، غسل ما أمكن غسله، وييمم الباقي، كالحي سواء ) انتهى من المغني 2/209 މާނައީ: ފާރެއްކަހަލަ އެއްޗެއްވެއްޓި ޗަސްވިމީހާއާއި، ފިހިނުމީހާއާއި، ގެނބުނުމީހާ ހިނެވޭނަމަ، ހިނަވަން ވާނެއެވެ. ހިނެވުމުގެ ސަބަބުން ހަށިގަނޑު ހަލާކުވެދާނެކަމުގެ ބިރު އޮތްނަމަ، އޭނާގެ ޖިސްމުގައި އަތްނުލާ އޭނާގެ ހަށިގަނޑުގެ މައްޗަށް ފެން އޮއްސަންވާނެއެވެ. އަދި ފެން އޮއްސުމުގެ ސަބަބުން އޭނާގެ ހަށިގަނޑު ނެތި ހިނގައިދާނެކަމުގެ ބިރުއޮތްނަމަ، ތަޔަންމަމު ކުރަން ވާނެއެވެ. އެއީ ދިރިހުރިމީހާވެސް ފެންބޭނުން ކުރުމުގެ ސަބަބުން ގެއްލުންވެދާނެކަމުގެ ބިރުއޮންނަމީހާ ތަޔަންމަމު ކުރާފަދައިންނެވެ. ހަމައެގޮތަށް މައްޔިތާ ހިނެވުމަށް ފެން ނުލިބިއްޖެ ޙާލަތު ތަކުގައިވެސް މައްޔިތާ ތަޔަންމަމު ކުރުވަންވާނެއެވެ. މައްޔިތާގެ ހަށިގަނޑުން އެއްވެސް ބައެއް ދޮވެވޭނަމަ، އެބައެއްދޮވެ ދެން ހުރި ބައިތައް ތަޔަންމަމު ކުރާނީއެވެ. އެއީ ދިރިހުރި މީހާވެސް ކުރާފަދައިންނެވެ.

މިމައްސަލައާއި ބެހޭގޮތުން ޝައިޚް ބިން ބާޒް (رحمه الله) އާއި ސުވާލު ވެވުނެއެވެ. ޙާދިޘާއެއްގެ ސަބަބުން ކާކުކަން ނޭނގޭވަރަށް ހަލާކުވެ މަރުވިމީހާގެ ޙުކުމަކީ ކޮބައިތޯއެވެ؟ ނުވަތަ އޭނާގެ ބައިބައި ނެތި ގޮސްފައިވާ މީހާގެ މައްޗަށް އޮތީ ކޮން ޙުކުމެއްތޯއެވެ؟
ޖަވާބުގައި އެކަލޭގެފާނު ވިދާޅުވީ، މައްޔިތާ ހިނެވޭ ހާލަތެއްގައި އޮތްނަމަ އޭނާ ހިނެވުން ވާޖިބުވާނެކަމުގައެވެ. އޭނާ ހިނެވުމުން ގެއްލުންވާނަމަ، މައްޔިތާ ތަޔަންމަމު ކުރަން ވާނެއެވެ. އެހެނީ ފެންނެތް ޙާލަތުގައި ކުރަން އޮންނަނީ ޔަޔަންމަމެވެ. مجموع فتاوى ومقالات متنوعة 13/123

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޙާދިޘާއެއްގައި މަރުވިއިރު މައްޔިތާގެ ހަށިގަނޑު ބައިބައި ވެފައިވާ މިހާއާބެހޭގޮތުން ސައުދީ ޢަރަބިއްޔާގެ ”ލަޖްނަތުއް ދާއިމާ“ އިން ނެރުއްވާފައިވާ ފަތުވާއެއްގައިވެއެވެ. ”މައްޔިތާ ހިނެވޭވަރު ނުވާނަމަ އޭނާގެ މައްޗަށް ތަޔަންމަމު ކުރުން ހުއްޓެވެ. އެއީ އައް-ތަޣާބުން ސޫރަތުގެ 16ވަނަ އާޔަތުގައި ވާ ޢާޢްމު މާނައިގެ ހުކުމަށް ބަލާފައެވެ. (އެ އާޔަތުގެ މާނާގައިވެއެވެ. ”ކުޅަދާނަވެގެންވީ މިންވަރަކުން ތިޔަބައިމީހުުން ﷲއަށް ތަޤުވާވެރިވާށެވެ.“ މިއެވެ.) އެހެނީ ކުޑަ ޙަދަޘާއި ބޮޑު ޙަދަޘްވެރި ވެފައިވާމީހާ ފެންބޭނުންކުރުން މަނާވެއްޖެ، ނުވަތަ ފެން ނުލިބިއްޖެ ޙާލަކުގައި ކުރަން އޮންނަނީ ތަޔަންމަމުކަމުގައި ވީތީއެވެ. فتاوى اللجنة الدائمة 8/371

ހުރިހާ ޢިލްމެއް މޮޅަށް ދެނެވޮޑިގެންވަނީ ﷲއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.