
ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު ޕީޕީއެމްއަށް ސޮއިކުރައްވަނީ..
ރައްޔިތުންގެ މަޖިލީހުގެ ދަނގެތީ ދާއިރާގެ މެންބަރު އިލްހާމް އަޙުމަދު ޕީޕީއެމްއަށް ސޮއިކުރައްވަން ނިންމަވައިފިއެވެ.
އިލްހާމް އަޙުމަދު ޕީޕީއެމްއަށް ސޮއިކުރައްވަން ނިންމެވިއިރު އިލްހާމް އަޙުމަދަކީ މިވަގުތު ޖުމްހޫރީ ޕާޓީގެ މެންބަރެއްކަންވެސް ފާހަގަކޮށްލެވެއެވެ.
އެހެންނަމަވެސް، މައުލޫމާތު ލިބިފައިވާގޮތުން މެންބަރު އިލްހާމް ވަރަށް އަވަހަށް ޕީޕީއެމްއަށް ސޮއިކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި ފަހަކަށް އައިސް ޕީޕީއެމްގެ އެތެރޭގެ ކޯޅުންތައް ބޮޑުވެ މައްސަލަތައް ގޯސްވެފައިވާ މި ދަނޑިވަޅުގައި ވެސް މެންބަރު އިލްހާމް ދަނީ ސަރުކާރުގެ ދިފާޢުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އެހެންކަމަށް ވުމާއެކު، މެންބަރު އިލްހާމް ވަރަށް އަވަހަށް ޕީޕީއެމްއަށް ސޮއިކުރައްވާނެ ކަމަށް މީގެ ކުރިންވެސް ވަނީ އަޑުތައް ފެތުރިފައެވެ.



