
އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނަ: ޚުޠުބާ
އެންމެ ވަރުގަދަ ފިތުނައަކީ ދީނީ ފިތުނަކަމަށް މިއަދުގެ ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ އެ ފިތުނައަކީ އެމީހަކާ ވެރި ރަސްކަލާނގެއާ ދެމެދުގައިވާ ގުޅުން އިމްތިހާނު ކުރެއްވުމަށްޓަކައި ކުރިމަތި ކުރައްވާ ފިތުނައެއް ކަމަށެވެ. އަދި ފިތުނައިން ދުރުވެވޭނީ ތާކުން ތާކު ނުޖެހޭ ވާހަކައިން ދުރުވުމެގެން ކަމަށެވެ.
ފިތުނައިން ރައްކާތެރިވުން“ މި މައުލޫގެ މައްޗަށް ބިނާކޮށްފައިވާ ހުތުބާގައި ބުނީ ޢިލްމާއި ހޭލުންތެރިކަން އިތުރުވުމުން ފިތުނައިން ސަލާމަތް ވެވޭނެ ކަމަށެވެ. އަދި ވިސްނާ ފިކުރުކޮށް ރަނގަޅުގޮތް ދެނެގަނެ އެ ގޮތަށް ތަބާވުމުންވެސް ފިތުނައިން ދުރުވެވޭނެ ކަމަށެވެ.
”މުސީބާތްތަކުން ސަލާމަތް ވެވޭނީ މާތް ﷲގެ އަމުރުފުޅުތަކަށް ތަބާވެ އެންމެން އެކަތިގަނޑަކަށްވެ އެއްބާރުލައިގެން. އިސްލާމްދީނާއި ގައުމުގެ ވަހްދަތު ދެމެހެއްޓުމަށްޓަކައި މަސައްކަތް ކުރުމަށް އަޒުމު ކަނޑައަޅައިގެން“ ޚުޠުބާގައި ބުންޏެވެ.



