
ޓްރެވް ޙައްޖު އެންޑް ޢުމްރާގެ ނޮވެމްބަރ އަދި ޑިސެމްބަރ މަހުގެ ޢުމްރާ ޕެކޭޖް ޢާންމުކޮށްފި
ޓްރެވް ޙައްޖު އެންޑް ޢުމްރާގެ ނޮވެމްބަރ އަދި ޑިސެމްބަރ މަހުގެ ޢުމްރާ ޕެކޭޖް ޢާންމުކޮށްފިއެވެ.
ޢާންމުކުރި ޕެކޭޖުގައިވާގޮތުން މިއަހަރު ނޮވެމްބަރ އަދި ޑިސެމްބަރ މަހުގެ ޢުމްރާއަށް ގެންދާ އަގަކީ ބޮޑެތި މީހުންނަށް 22،000 ދިވެހި ރުފިޔާއެވެ.
އެ ގްރޫޕުން ބުނީ ކުޑަކުދިންނަށް ޚާޢްޞަ ޑިސްކައުންޓެއް ދިނުމަށް ނިންމާފައިވާ ކަމަށާއި ފައިސާ ދެއްކުމުގައިވެސް ފަސޭހަ ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ.
އެގޮތުން އެކި ބައި ބަޔަށް ބަހާލައިގެންވެސް ފައިސާ ދެއްކޭގޮތަށް ވަނީ ހަމަޖެހިފައިކަމަށް އެ ގްރޫޕުން ބުންޏެވެ.
މީގެއިތުރުން އެ ގްރޫޕުން ބުނީ ޢާއިލާތަކަށް ވަރަށް ޚާއްޞަ ސަމާލުކަމެއްދީގެން ކޮޓަރި ނެގުމުގެ ކަންކަންވެސް ކުރަމުން އަންނަ ކަމަާށާއި މިފަހަރުވެސް ކުޑަކުދިންނަށާއި ޢާއިލާތަކަށް ފަސޭހައިން ޢުމްރާގެ މަތިވެރި އަޅުކަން އަދާކުރެވޭނެ ހުރިހާ ގޮތަކަށް ވިސްނަމުން އަންނަ ކަމަށެވެ.
”މުސްކުޅިންނަށާއި ޚާއްޞައެހީއަށް ބޭނުންވާ ކުދިންނަށްވެސް މި މަތިވެރި އަޅުކަން އަދާ ކުރުމުގައި ހުރި ހުރިހާ ފަސޭހަތެކެއް ބަލައި އެކަމަށް މަސައްކަތް ކުރަމުން މިދަނީ. އަދި ކޮޓަރި ހިއްޞާ ކުރުމުގައިވެސް ފަސޭހަ ގޮތްތަކެއް ހެދުމުގެ މަސައްކަތް ކުރަމުން މިއަންނަނީ“ ޓްރެވް ޙައްޖު އެންޑް ޢުމްރާގެ މާކެޓިންގ މެނޭޖަރ އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.
ޓްރެވް ޙައްޖު އެންޑް ޢުމްރާގެ ފަރާތުން ވަނީ މިދިޔަ ރޯދަމަހު ޢާންމުންނަށް ހުޅުވާލައިގެން ވަރަށް ޚާއްޞަ ދީނީ ކުއިޒެއްވެސް ގެނެސް ދީފައެވެ. މިއީ 1ވަނައަށްދާ ފަރާތަކަށް ހިލޭ ޢުމްރާ ދަތުރެއްލިބޭ ކުއިޒެކެވެ.
”އަޅުގަނޑުމެންގެ ފަރާތުން ދޭ ހަދިޔާއެއްގެ ގޮތުގައި ކޮންމެ ފަހަރަކުވެސް ކޮންމެވެސް ބޭފުޅަކަށް ހިލޭ ޢުމްރާ ދަތުރެއް ދޭންވަނީ ހަމަޖައްސާފަ. ބައެއް ފަހަރު ކުއިޒެއް މެދުވެރިކޮށް އަނެއްބައި ފަހަރު ފޭސްބުކް ޕޭޖަށް މެސެޖް ކޮށްލައިގެން އަނެއްބައި ފަހަރު ޓީވީ ނުވަތަ ރޭޑިއޯ ޕްރޮގްރާމެއްގައި ބައިވެރިވެގެން. ދެން އަޅުގަނޑުމެން އެދެނީ އަޅުގަނޑުމެންގެ މި މަސައްކަތުގައި ﷲ ބަރަކާތް ލައްވާތޯ ތިޔާ ހުރިހާ ބޭފުޅުންވެސް ދުޢާ ކޮށްދެއްވުން“ ޓްރެވް ޙައްޖު އެންޑް ޢުމްރާގެ މާކެޓިންގ މެނޭޖަރ އިބްރާހީމް ރަމީޒް ވިދާޅުވިއެވެ.



