
މައްސަލަ ހައްލުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުން: ދިރާގު
ދިރާގުގެ ނަމްބަރުތަކަށް ގުޅުމުގައި ދިމާވި މައްސަލަ ވީ އެންމެ އަވަހަކަށް ހައްލުކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ދިރާގުން ބުނެފިއެވެ.
އެ ކުންފުނީގެ ނަމްބަރުތަކަށް ގުޅުމުގައާއި ޑޭޓާގެ ޚިދުމަތަށްވެސް ރެއިން ފެށިގެން ބުރޫ އަރާފައިވާކަމަށް ދިރާގުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވެއެވެ.
ދިރާގުން ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ ދިރާގުގެ މޮބައިލް ކަސްޓަމަރުންނަށް ގުޅުމާއި ޑޭޓާ ލިބުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށެވެ. އަދި އެކަމަށްޓަކާ ކަސްޓަމަރުންގެ ކިބައިން މަޢާފަށް އެދޭ ކަމަށެވެ.
އެހެންނަމަވެސް ދިމާވީ ކޮން މައްސަލައެއްކަމެއް އެކުންފުނިން ހާމައެއް ނުކުރެއެވެ.



