ދިވެހިރާއްޖޭގެ ތިމާވެށްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ތާރީޚީ މައުރަޒެއް ފަށައިފި

މި އަހަރުގެ ދުނިޔޭގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތެއްގެ ގޮތުން ދިވެހިރާއްޖޭގެ ތިމާވެށްޓަށް އައިސްފައިވާ ބަދަލުތައް ދައްކުވައިދޭ ތާރީޚީ ފޮޓޯ އެކުލެވޭ މައުރަޒެއް ފަށައިފިއެވެ.

ނޭޝަނަލް އާރޓް ގެލެރީގައި ފެށި މި މައުރަޒު ހުޅުވައިދެއްވީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

އިޝްތިހާރު Below Header ad

މި މައުރަޒަކީ ޤައުމީ އަރުޝީފް އަދި މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ. މިގޮތުން ދިވެހި ވެއްޓަށް އައިސްފައިވާ ބަދަލުތައް ފޮޓޯގެ ޒަރިއްޔާއިން މައުރަޒު ކުރެވިގެން ދާއިރު، ތިމާވެށްޓާ ގުޅޭ ތާރީޚީ ލިޔުންތައްވެސް މައުރަޒު އިން ފެނިގެންދާނެއެވެ.

އާއްމުންނަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި މައުރަޒު ކުރިއަށްދާނީ މި މަހުގެ 11، 12 އަދި 13 ވަނަ ދުވަހުއެވެ. 12 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަދި މެންދުރު ފަހު 2:00 އިން ހަވީރު 6:00 އަށް އަދި އެރޭ 8:00 އިން 11:00 އަށް އަދި 13 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް މައުރަޒު ހުޅުވިފައި ހުންނާނެއެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ އިންސާނުންގެ ސިއްޙަތަށާއި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތަކާމެދު މިއަދު އަޅުގަނޑުމެން ހޭލުންތިރިވެ ކޮންމެ މީހަކުވެސް ފަރުދީގޮތެއްގައި ޒިންމާތަކެއް ނަގަންޖެހޭ ކަމަށެވެ.

މި މައުރަޒު ހުޅުވުމުގެ ރަސްމިއްޔާތަށްފަހު ތާރީޚީ ނަޒަރަކުން ތިމާވެށީގެ ޕްރެޒެންޓޭޝަނެއްވެސް ވަނީ ގެނެސްދީފައެވެ. މި ޕްރެޒެންޓޭޝަން ދެއްވީ މިނިސްޓްރީ އޮފް އާރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ގެ ރިސާރޗް އެނަލިސްޓް އަލާ ދީދީ އެވެ.

އާއްމުންނަށް ހުޅުވާލައިގެން ބޭއްވި މި ސެޝަންގައި ދިވެހި ތާރީޚުގެ ތެރެއިން ތިމާވެށި ހިމާޔަތްކުރުމަށް ގެންގުޅެފައިވާ އުސޫލުތަކަށް ކަމުގައިވާ ފޯކުލޯރު، ވަގުފުތައް، ސަގާފީ ގަބޫލުކުރުންތައް، ވެރިކަމުގެ ނިޒާމުގެ ތެރެއިން އަދި ޤާނޫނާއި ޤަވާއިދުތަކަށް އަލި އަޅުވާލާފައިވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.