އެމީހެއްގެ ފުށުން ޖައްވު ތަޣައްޔަރު ކުރުވާ ވިހަ މާއްދާތަކުގެ ލިސާންތައް މަދު ކުރުމަށް މިނިސްޓަރ އެދިވަޑައިގެންފި

ކޮންމެ މީހަކުވެސް އެމީހެއްގެ ފުށުން ޖައްވު ތަޣައްޔަރު ކުރުވާ ވިހަ މާއްދާތަކުގެ ލިސާންތައް މަދު ކުރުމަށް ތިމާވެއްޓާއިބެހޭ ވަޒީރު ޑރ. ޙުސައިން ރަޝިދު ހަސަން އެދިވަޑައިގެންފިއެވެ.

ތިމާވެށީގެ ދުވަހުގެ މުނާސަބާގައި ނެރުއްވި ޚިތާބުގައި ވަޒީރު ވަނީ ދުއްވާ އިންޖީނުލީ އުޅަނދަކީ ގަވައިދުން ސަރވިސް ކުރާ އުޅަނދަކަށް ހެދުމަށައި އެއްތަނުން އަނެއްތަނަށް ދިޔުމަށާއި ހެލިފެލިވުމުގައި މިހާރަށް ވުރެ ބޮޑަށް ފައިމަގު ނުވަތަ ބައިސްކަލު ޚިޔާރު ކުރުމަށް އެދިވަޑައިގެންފައެވެ.

އިޝްތިހާރު Below Header ad

ޖައްވުގައިވާ ކިލަނބުކަން ސާފުކުރުމަށް މާހައުލު ފެހި ކުރުމަށާއި އިސްރާފު ކުރުން މަދުކޮށް ކުނި މަދުކުރަމަށާއި ހަކަތަ އުފެއްދުމުގައި އިޔާދަ ކުރަނިވި ވަސީލަތްތައް ބޭނުންކުރުމަށްވެސް އެދިވަޑައިގެންފައިވާ އިރު، ގޭގައި ގެންގުޅޭ ކަރަންޓު ބޭނުންކުރާ އާލާތްތަކަކީ ހަކަތަ ސަމަކާރަ (އެނަރޖީ އެފިޝެންޓް) ތަކެތިކަމަށް ހެދުމަށްވެސް ވަނީ އެދިވަޑައިގެންފައެވެ.

“އާންމު ދަތުރުފަތުރު ކުރުމުގެ ނިޒާމަކީ ހަރުދަނާ ތިމާވެއްޓާ ރައްޓެހި ކަރަންޓުން ނުވަތަ ބެޓެރިން ހިންގާ ނިޒާމަކަށް ހެދުމަށް މިއަދު އަޒުމު ކަނޑައެޅުން ކީއްތޯއެވެ؟ ދުޅަހެޔޮ، ހަށިހެޔޮ އަދި ވެށިހެޔޮ އަދަކަށް އަދި މިއަށްވުރެ ފަހި މާދަމާއެއް، ލިބިގަންނަމާ ހިންގަވާށެވެ. މިކަމުގައި ބޭނުންވަނީ އެންމެންގެ ބައިވެރި ވުމާއި އެއްބާރުލުމެވެ. މިއީ، އަޅުގަނޑުމެން ދިވެހިންނަށް ހާސިލްކުރެވިދާނެ ލަނޑުދަނޑިއެކެވެ.” ވަޒީރުގެ ބަޔާނުގައިވެއެވެ.

 

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.