ވައި ތަޣައްޔަރު ވުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ހިއްސާއަކީ ކޮބައިތޯ ވިސްނާލުން މުހިއްމު: މިނިސްޓަރ

ވައި ތަޣައްޔަރު ވުމުގައި ކޮންމެ މީހަކުވެސް އެމީހެއްގެ ހިއްސާއަކީ ކޮބައިތޯ މިއަދު ވިސްނާލުން މުހިއްމުކަމަސް އެންވަޔަރްމެންޓް މިނިސްޓަރ ޑރ. ޙުސައިނަ ރަޝީދު ޙަސަން ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ވިދާޅުވީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރުމާއި ތަފާތު ބޭނުންތަކަށް ހަކަތަ އުފައްދާ އުފެއްދުމާއި ކުނި މެނޭޖްކުރުމުގައި އަމަލުކުރާ ގޮތުގެ ސަބަބުން ޖައްވަށް ދޫކުރާ ދުމުގައި އެކުލެވޭ ވިހަ މާއްދާތަކުން އިންސާނުންނާއި އެހެން ދިރުންތަކަށް ކުރާ ނޭދެވޭ އަސަރުތަކާ މެދު ފިކުރުކޮށްލުން މިއަދު މުހިއްމު ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ވައި ތަޣައްޔަރުވުމަކީ މިއަދު ތަފާތުބޮޑެތި ސިއްޙީ މައްސަލަތައް އިންސާނާއަށް ކުރިމަތި ކުރާކަމެއް ކަމަށާއި އިނގުން ނުވި ކަމުގައިވިޔަސް ތަޣައްޔަރުވެފައިވާ ވަޔަށް ލާ ކޮންމެ ނޭވާއަކުން ފުއްޕާމެއާއި ހިތް އަދި ސިކުނޑިއަށް ނޭދެވޭ އަސަރު ފޯރާ ކަމަށް ދުނބިޔޭގެ ތިމާވެށިގެ ދުވަހުގެ މުނާސަބަތުގައި ނެރުއްވި ބަޔާނުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

”ފުއްޕާމޭގައި ވިހަ މާއްދާތައް އަށަގަނެ، ލޭގެ ތެރޭގައި މިމާއްދާތައް ދައުރުވާން ފެށުމުގެ ސަބަބުން ހަށިގަނޑުގެ މުހިންމު އެހެން ގުނަވަންތަކަށް މިކަމުގެ ނޭދެވޭ އަސަރުކުރަން ފަށާ. ހިތުގެ ބަލިތައް، ސްޓްރޯކް، ކެންސަރު، އަދި ފުއްޕާމެޔަށް ޖެހޭ ބަލިތަކަށް މީގައި ހިމެނޭ. ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ދުނިޔޭގެ ކޮންމެ 10 މީހުންގެ ތެރެއިން 9 މީހުން ނޭވާ ލާން ޖެހިފައިވަނީ ތަޣައްޔަރުވެފައިވާ ވަޔަށް. އަދި ދުނިޔޭގައި މަރުވާ ކޮންމެ 9 މީހަކުން އެކަކީ ސާފު ވައިން މަހުރޫމް ވެފައިވުމުގެ ސަބަބުން ދިމާވާ އުނދަގޫ ތަކާއި ހެދި މަރުވާ މީހެއް. އަހަރެއްގެ މައްޗަށް 7 މިލިއަން އިންސާނުން ވައި ތަޣައްޔަރުވުމުގެ ސަބަބުން ނުއުމުރުގައި މިދުނިޔެއާއި އަލްވަދާއު ކިޔާއިރު، މީގެ ތެރެއިން 6 ލައްކަ އަކީ 5 އަހަރުން ދަށުގެ ކުދިން. ވައި ކިލަނބުވެ ތަޣައްޔަރު ވަމުން ދާއިރު، ނޭވާލާ ނިޒާމާއި ގުޅިފައިވާ ބަލިތައް ދުނިޔޭގައި މިދަނީ އިތުރުވަމުން.“ މިނިސްޓަރ ވިދާޅުވިއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.