މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރާ ޖަލްސާ މިރޭ..

މިއަހަރުގެ ޝައްވާލުމަހުގެ ހަނދު ސާބިތުކުރާ ޖަލްސާ މިރޭ އޮންނާނެއެވެ.

އިސްލާމީ މަރުކަޒުގައި ބާއްވާ މި ޖަލްސާގައި ޢަމަލުކުރާނީ އިސްލާމީ އެހެން ޤައުމުތަކުގައިވެސް ހަނދު ސާބިތުކުރުމަށް ޢަމަލުކުރާ އުސޫލާއި ފަލަކީ ގޮތުން ހަނދު ސާބިތުކުރުމުގައި ޢަމަލުކުރާ އުސޫލަށް ބިނާކޮށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެހެންކަމުން މިއަހަރުގެ ފިތުރު ފިތުރު ޢީދު ދުވަސް އިޢުލާނުކުރާނީ މިރެއެވެ.

މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ ކަލަންޑަރުގައިވާގޮތުން ޖޫން 4 ވާ އަންގާރަ ދުވަހަށެވެ. އެއީ ފަލަކީ ހިސާބުން ބަލާނަމަ މިއަހަރުގެ ރަމަޟާން މަސް ވަނީ 29 ދުވަހުގެ މަހަކަށްވާތީއެވެ.

ޝައްވާލް މަހަށް ހަނދު ބެލުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަކަށްވެސް އޮންނަ އިރު، ޝައްވާލް މަހުގެ ހަނދު ދުއް މީހެއް ނަމަ ހަނދު ސާބިތު ކުރުމަށް ހެކިބަސް ދެވޭނީ މާލޭގައި ނަމަ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅު މަތީގައެވެ. އަތޮޅުތެރޭގެ ރަށެއްގައި ނަމަ އެރަށެއްގެ މެޖިސްޓްރޭޓްކޯޓުގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީގައެވެ.

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނީ މިއަހަރުގެ ހަނދު ދުށް މީހެއް ނުވަތަ ބަޔަކު މާލޭގައި ނަމަ ޑީޖޭއޭއަށް، ރަށެއްގައި ނަމަ އެރަށެއްގައި ކަމާބެހޭ އިދާރާއަށް އެންގުމަށާއި ހެކިބަސް ދިނުމަށް އައުމާއި ދިއުމުގެ ޓެކްސީ ޚަރަދު ދޭނެ ކަމަށެވެ.

ހަނދުގެ މައްސަލަ ވަކި ގޮތަކަށް ނިމެންދެން މިއަދު 17:30ން ފެށިގެން ޑީޖޭއޭއާއި ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކާއި ސިޓީ ކައުންސިލް އިދާރާ ތަކާއި އަތޮޅު ކައުންސިލް އިދާރާތަކާއި ރަށު ކައުންސިލް އިދާރާތަކާއި އަވަށު އޮފީސްތައް ހުޅުވިފައި ހުންނާނެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.