ރޮނާލްޑޯ ހޯދުމަށް ފްރާންސްގެ ޕީއެސްޖީން 124 މިލިއަން ޕައުންޑް ހުށައަޅަނީ

ޕޯޗުގަލް އާއި ޔުވެންޓަސްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ހޯދުމުގެ ރޭހަށް އޭނާހެ ކުރީގެ ކުލަބު މެންޗެސްޓާ ޔުނައިޓެޑާއި ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން ނިކުމެފައިވާއިރު، ރޮނާލްޑޯ ހޯދުމަށް ޕީއެސްޖީން 154 މިލިއަން ޕައުންޑަށް ވުރެ ބޮޑު އަދަދެއް އިޓަލީގެ ޔުވެންޓަސްއަށް ހުށައަޅަން ތައްޔާރުވަމުން ދާކަމަށް މީޑިއާ ރިޕޯޓުތަށް ބުނެފިއެވެ.

ރޮނާލްޑޯ ގެންދިއުމަށް ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީން މަސައްކަތް ކުރަމުން ދާއިރު، ރޮނާލްޑޯ ގެ އޭޖެންޓް ޖޯޖް މެންޑޭޒާ ހަވާލާދީ މީޑިއާ ރިޕޯޓްތައް ބުނެފައި ވަނީ ޕީއެސްޖީން ރޮނާލްޑޯ ހޯދުމަށް 124 މިލިއަން ޕައުންޑުގެ ބިޑެއް ޔުވެންޓަސްއަށް މިހާރު ހުށައަޅާފައިވާ ކަމަށެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިޓަލީގެ މަސްހޫރު ނޫހެއް ކަމުގައިވާ ”ޑިއާރިއޯ ގޮލް“ އިން ރިޕޯޓު ކުރާ ގޮތުގައި ޕީއެސްޖީން މިހާރު ދަނީ ރޮނާލްޑޯގެ އޭޖެންޓާއި ވާހަކަތަށް ފެށުމަށް ތައްޔާރުވަމުންނެވެ.

އެގޮތުން ދާދި އަވަހަށް ރޮނާލްޑޯގެ އޭޖެންޓް ޖޯޖް މެންޑޭޒް އާއި އެކީ ރޮނާލްޑޯ ޕީއެސްޖީއަށް ގެންދިއުމުގެ ވާހަކަތަށް ފެށިގެން ދާނެ ކަމަށް މިރިޕޯޓުގައި ބުނެފައިވެއެވެ.

ރެއާލް މެޑްރިޑަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައި ދިނުމަށްފަހު އިޓަލީގެ ޗެމްޕިއަން ޔުވެންޓަސްއަށް ރޮނާލްޑޯ ބަދަލުވީ މިއަހަރުގެ ސީޒަނަށެވެ. އުމުރުން 34 އަހަރުގެ ރޮނާލްޑޯ، އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް އަށް ބަދަލުވީ 117 މިލިއަން ޑޮލަރު (100 މިލިއަން ޔޫރޯ) އަށެވެ.

މީޑިއާގައި އަޑުތަށް ފެތުރިފައިވާ ގޮތުން ރޮނާލްޑޯ އަންނަ ސީޒަނަށް އޭނާގެ ކުރީގެ ކުލަބު ޔުނައިޓެޑަށްވެސް ބަދަލުވުން ގާތެވެ. ނަމަވެސް ޔުނައިޓެޑު އަންނަ ސީޒަނުގައި ޗެމްޕިއަންސް ލީގުނުކުޅެވޭތީ ރޮނާލްޑޯ އެކުލަބަށް ބަދަލުނުވާނެ ކަމަށްވެސް ބެލެވެއެވެ.

ރިޕޯޓު ބުނާގޮތުން މިޒީޒަނުގައި ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު ނުނެގުމަކީ ރޮނާލްޑޯއަށް ބޮޑު މާޔޫސްކަމެއް ގެނުވިކަމެއް ކަމަށް ވުމުން އޭނާ ޔުވެންޓަސް ދޫކޮށް ލުމަކީވެސް އެކަށީގެންވާ ކަމެކެވެ.

މީގެ ކުރިން ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް އަލުން ކުޅެން ބޭނުންވާ ކަމަށް ބުނެފަ އެވެ. އޭނާ ޔުވެންޓަސް އަށް ބަދަލުވީ ތަފާތު ޗެލެންޖެއް ބޭނުންވެގެން ކަމަށް ބުނެފައިވާއިރު، ރޮނާލްޑޯގެ އޭޖެންޓް މެންޑޭޒް ވަނީ ޔުވެންޓަސް އަކީ ރޮނާލްޑޯ ކުޅޭނެ ފަހު ކްލަބަށް ވުމުގެ ފުރުސަތު ބޮޑުކަމަށް ވެސް ކުރިން ބުނެފަ އެވެ.

މީގެ ކުރިންވެސް ޕީއެސްޖީން ރޮނާލްޑޯ ގަތުމަށް މަސައްކަތްތަކެއް ކުރިއެވެ. އޭރު ޕީއެސްޖީން ރޮނާލްޑޯ ގަންނަން ލިބުނު ފުރުސަތުގެ ބޭނުންނުހިފީ އެ ކްލަބުން ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)އާ ހިލާފުވެފައިވާ ކަމަށް ބުނެ ގިނަ ކްލަބްތަކުން އޭރު ޔުއެފާ އަށް މައްސަލަ ހުށަހަޅާފައިވާތީ އާއި މޮނާކޯ އިން ލޯން އެއްބަސްވުމެއްގެ ދަށުން ޕީއެސްޖީ އަށް ކުޅެމުން އަންނަ ކިލިއަން އެމްބާޕޭގެ އެއްބަސްވުން ދާއިމީ ކުރުމަށް ބޮޑު ޓްރާންސްފާ ފީއެއް ދައްކަން ޖެހޭތީ އެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި ރޮނާލްޑޯ ރެއާލް ދޫކޮށްލަން ވިސްނާ އޭނާގެ ޓްރާންސްފާ ކަންތައްތަކާއި އޭނާގެ އޭޖެންޓް މެންޑޭޒް ފުރަތަމަ މަޝްވަރާ ކުރީ ޔުނައިޓެޑާ އެވެ. އެކަމަކު ޔުނައިޓެޑުން އޭރު ރޮނާލްޑޯގެ އުމުރަށް ބަލާފައި އޭނާ އަށް 65 މިލިއަން ޔޫރޯ އަށް ވުރެ ބޮޑު އަގެއް ހުށަހަޅަން ބޭނުމެއްނުވި ކަމަށް ރިޕޯޓުތަށް ބުނެއެވެ. އަދި ރޮނާލްޑޯ ބޭނުންވާ މުސާރަ ދޭނަމަ ޔުނައިޓެޑުން ދެ ކުޅުންތެރިއަކު ވިއްކާލަން ޖެހޭނެތީ އެ ކްލަބުން އެ ގޮތަށް ބޭނުންނުވީ ކަމަށް ވެސް އޭރު ރިޕޯޓްތައް ބުނެފައިވެއެވެ.

ނަމަވެސް މިޒީޒަނުގައި ޔުވެންޓަސްއާ އެކު ޗެމްޕިއަންސް ލީގު ނުނެގުމަކީ ރޮނާލްޑޯއަށް ބޮޑު މާޔޫސްކަމެއް ގެނުވިކަމެއް ކަމަށް ވުމުން އޭނާ ޔުވެންޓަސް ދޫކޮށް ލުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް މި ރިޕޯޓުގައި ބުނެފައިވެއެވެ.

މެންޗެސްޓާ ޔުނައިޓެޑް ދޫކޮށް ރޮނާލްޑޯ ރެއާލާ ގުޅުނީ 2009 ވަނަ އަހަރު އޭރު ދުނިޔޭގެ ރެކޯޑް އަގެއް ކަމަށްވާ 80 މިލިއަން ޕައުންޑަށެވެ. ރެއާލުގައި ރޮނާލްޑޯ ހޭދަކުރި 10 އަހަރުގައި އޭނާ ވަނީ އެޓީމަށް ބޮޑެތި ކާމިޔާބީތަކެއް ހޯދައިދީފައެވެ.

ރޮނާލްޑޯ ވަނީ މިހާތަނަށް ބެލޮންޑިއޯ އެވޯޑް ފަސް ފަހަރު އަދި ފީފާ އިން ދާދި ފަހުން ތައާރަފްކުރި ފީފާ ބެސްޓް އެވޯޑް ދެ ފަހަރު ހޯދައިފަ އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.