އުރީދޫގެ އެމް-ފައިސާ މެދުވެރިކޮށް ވިލާ ގޭހަށް ފައިސާ ދެއްކޭނެ ނިޒާމު ހަމަޖައްސައިފި

އުރީދޫގެ އެމް-ފައިސާ ޚިދުމަތް މެދުވެރިކޮށް، ފަސޭހަކަމާއި އެކު ވިލާ ގޭސް ފުޅި އޯޑަރކޮށް، ފައިސާ ދެއްކޭ ނިޒާމެއް، އުރީދޫ މޯލްޑިވްސް އާއި ވިލާ ގޭސް ގުޅިގެން މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫގެ މި ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން މެދުވެރިކޮށް ކޮންމެތާކު ހުރެގެންވެސް ކަސްޓަމަރުންނަށް ގޭސް ފުޅި އޯޑަރކޮށް، އޮންލައިންކޮށް ފައިސާ ދެއްކުމުގެ ފަސޭހަކަން ލިބިގެންދާނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ޚިދުމަތް ތައާރަފްކޮށްފައިވަނީ ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ރަޝީދު އަދި  އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާންގެ ބައިވެރިވުމާއި އެކު އުރީދޫ މޯލްޑިވްސް ހެޑްކުއާޓަރސްގައި މިއަދު ބޭއްވި ޚާއްޞަ ޙަފްލާއެއްގައެވެ.

”އުރީދޫގެ އަމާޒަކީ، ޑިޖިޓަލް ޓެކްނޮލޮޖީތަކުގެ އެހީގައި، ކަސްޓަމަރުންގެ ދިރިއުޅުމަށް އިތުރު ފުރިހަމަކަމެއް ގެނެސްދީ، އާންމު ދިރިއުޅުމުގައި ކުރާ މަސައްކަތްތަކަށް ލުއިކަމެއް ފޯރުކޮށްދިނުން. މިގޮތުން އެމް-ފައިސާ އަކީ އެއް ޕްލެޓްފޯމެއްގައި އެންމެ ގިނަ ބިލްތަކެއް ދައްކާލެވޭ ޚިދުމަތް. މި ޕްލެޓްފޯމުގު ޕާޓްނަރުންގެ ވިއުގައަށް ވިލާ ގޭސް އަށް މަރުޚަބާ ކިޔައި، މިކަމުގެ ސަބަބުން ވިލާ ގޭސް ބޭނުންކުރައްވާ ކަސްޓަމަރުންނަށް އިތުރު ފަސޭހަކަމެއް ލިބިގެންދާނެކަމަށް އުއްމީދުކުރަން.“ އުރީދޫގެ މެނޭޖިންގ ޑައިރެކްޓަރ އަދި ސީއީއޯ، ނަޖީބް ޚާން ވިދާޅުވިއެވެ.

އުރީދޫ އެމް-ފައިސާ އަކީ ކޮންމެތަނަކުން، އަދި ކޮންމެ ވަގުތެއްގައިވެސް، ޑިޖިޓަލް ވޮލެޓެއް މެދުވެރިކޮށް ފައިސާ ޖަމާކޮށް، ފައިސާ ނަގައި، އެއް އެކައުންޓުން އަނެއް އެކައުންޓަށް ފައިސާ ފޮނުވައި، ތަފާތު ޚިދުމަތްތަކަށް ފައިސާ ދެއްކުމަށް މަގުފަހިކޮށްދޭ ޑިޖިޓަލް ޕޭމަންޓް ސޮލިއުޝަން އެކެވެ. މިއީ ކަރަންޓު، ފެން ފަދަ އެންމެ ގިނަ ޔޫޓިލިޓީ ބިލްތަކަށް އެއްތަނަކުން ފައިސާ ދެއްކެވުމަށް ރާއްޖޭގައި ބޭނުންކުރެވޭ ޑިޖިޓަލް ޕްލެޓްފޯމްއެވެ. މީގެ ތެރޭގައި އުރީދޫ، ސްޓެލްކޯ، އެމްޑަބްލިއުއެސްސީ، މީޑިއާނެޓް ފަދަ ގިނަ ކުންފުނިތަކެއް ހިމެނެއެވެ. ހަމައެހެންމެ، ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި، އުރީދޫ އެމް-ފައިސާ މެދުވެރިކޮށް ފިތުރު ޒަކާތްވެސް ދައްކާލެވޭނެއެވެ.

އެމް-ފައިސާ އެޕް މެދުވެރިކޮށް ރެޖިސްޓަރ ކޮށްގެން، މި ފަސޭހަ ޚިދުމަތްތައް ވަގުތުން ބޭނުން ކުރަން ފެށޭނެއެވެ. މި އެޕް ޑައުންލޯޑު ކުރެއްވުމަށް، https://ore.do/mm  އަށް ޒިޔާރަތް ކުރައްވާށެވެ. ހަމައެހެންމެ، އެމް-ފައިސާ ޚިދުމަތާއި ބެހޭ އިތުރު މައުލޫމާތް ހޯއްދެވުމަށް، އުރީދޫ ވެބްސައިޓް (www.ooredoo.mv/mfaisaa) އަށް ޒިޔާރަތް ކުރައްވާށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.