ފޮރިން މިނިސްޓަރ ޝާހިދު ސަޢުދީއަށް ފުރާވަޑައިގެންފި

އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ 14 ވަނަ ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ފޮރިން މިނިސްޓަރު ޢަބްދުﷲ ޝާހިދު ސަޢުދީ ޢަރަބިއްޔާއަށް މިއަދު ފުރާވަޑައިގެންފިއެވެ.

އެމަނކިކުފާނުގެ މި ދަތުރުފުޅަކީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ޚާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެކެވެ. މިބައްދަލުވުން ކުރިއަށްދާނީ އޯއައިސީގެ މެންބަރު ޤައުމުތަކުގެ ވެރިންގެ ބައްދަލުވުމުގެ ކުރިންނެވެ.
ސައުދި އަރަބިއްޔާގައި މިމަހުގެ 31 ވަނަ ދުވަހު ފަށާ އޯއައިސީގެ ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހްވެސް ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ބައްދަލުވުމުގައި އިސްލާމީ ޤައުމުތަކަށް ކުރިމަތިވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް އިސްލާމީ ޤައުމުތަކުގެ ވެރިން އެކުގައި މަސައްކަތްކުރުމާ މެދު މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ. އަދި ޚާއްޞަ އިސްކަމެއް ދީގެން ފަލަސްތީނުގެ މައްސަލައިގައި މަޝްވަރާކޮށް، އެމައްސަލަ ހައްލުކުރާނެ ގޮތްތަކަކާ މެދު ވާހަކަދެއްކުމަށްވެސް ހަމަޖެހިފާވެއެވެ.

މީގެ އިތުރުން އެކި ޤައުމުތަކުގައި ތިބި ބައިމަދު މުސްލިމު ޖަމާއަތްތަކާއި މިފަދަ ޖަމާއަތްތަކަށް ހުރި ގޮންޖެހުންތައް ހައްލުކުރުމާމެދު މަޝްވަރާކުރުމަށާއި އިސްލާމީ ޤައުމުތަކަށް ދިމާވެފައިވާ ދަތިތަކާއި ގޮންޖެހުންތަކާ ގުޅޭގޮތުން އެކުލަވާލާ މައްކާ މުޢާހަދާ ނެރުމަށްވެސް ހަމަޖެހިފައިވެއެވެ.

އިސްލާމް ދީނާއިމެދު މީހުންގެ ހިތްތަކުގައި ނަފްރަތު އުފެއްދުމަށް ކުރަމުންދާ މަސައްކަތްތައް ހުއްޓުވުމަށް ކުރެވިދާނެ މަސައްކަތްތަކާ ގުޅޭގޮތުންވެސް މިއަހަރުގެ ބައްދަލުވުމުގައި މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.

ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޝާހިދުގެ މިދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގަންނަވާނީ ހަފްތާއެއްހާ ދުވަސް ފަހުން ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.