
ފޭލި ޖަމިއްޔާގެ 17 ވަނަ ޤުރްއާން މުބާރާތް ފަށައިފި
ފައުންޑޭޝަން އޮފް އޭދަފުށީ ޔޫތު ލިންކޭޖް (ފޭލި ޖަމިއްޔާ)ގެ 17 ވަނަ ޤުރްއާން މުބާރާތް ފަށައިފިއެވެ.
ކޮންމެ ރަމަޟާން މަހަކު ބާއްވާ ކީރިތި ޤުރުއާން ކިޔެވުމުގެ މުބާރާތް ފަށާފައިވަނީ ރޭ ފެށި އިރު، މިއަހަރުގެ މުބާރާތުގައި 250އަށްވުރެ ގިނަ ބައިވެރިން ވަނީ ބައިވެރިވެފައެވެ.
ހަތަރު އަހަރުން މަތީގެ ޢުމުރުފުރާތަކަށް ހުޅުވާލައިގެން ބާއްވާ މި މުބާރާތަކީ ދަރިވަރުންގެ މެދުގައި ކީރިތި ޤުރްއާނަށް ލޯބި ޖެއްސުމާއި ކީރިތި ޤުރުއާން ހިތުދަސްކުރުމަށް ހިއްވަރު ދިނުމާއި ތަޖުވީދުގެ ހަމަތަކާއި އެއްގޮތަށް ކީރިތި ޤުރުއާން ކިޔަވަން ދަންނަ ގިނަ ދަރީންތަކެއް އުފެއްދުމުގެ މަޤުޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.
މިއަހަރުގެ މުބާރާތުގެ ޕްރިންޓިންގ ޕާޓްނަރއައްގެ އެމް7 ހަމަޖައްސާފައިވާއިރު، ޓްރެވަލް ޕާޓްނަރއަކީ މަންތާ އެއަރ އެވެ.



