ހެނބަދޫ ޒުވާނުންގެ ބޮޑު ރޯދަވީއްލުން މިއަހަރުވެސް

އާބާދީގެ ގޮތުންނާއި ބިމުގެ ގޮތުން ނ. ހެނބަދުއަކީ ކިތަންމެ ކުޑަ ރަށެއް ކަމުގައި ވިޔަސް، މިއީ ނ އަތޮޅުގައި ނަމޫނާ ރަށެއްގެ ގޮތުގައި ފާހަގަކުރެވޭ ރަށެކެވެ. ވޭތުވެދިޔަ 4 އަހަރެކޭ ވެސް އެއްފަދައިން މި އަހަރު ވެސް ހެނބަދޫ ޒުވާނުން އިސްނަގައިގެން އެރަށުގެ އިސްރަށްވެހިންނަށް ބޮޑު ރޯދަވީއްލުމެއް ބޭއްވުމަށް ދަނީ ތައްޔާރުވަމުންނެވެ.

އެގޮތުން، 25 މެއި 2019 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި ރޯދަވީއްލުން އޮންނާނީ ހެނބަދޫ ފުޓުބޯޅަ ދަނޑުގައެވެ. މިއީ ޒުވާނުންނާއި އިސްރަށްވެހިންގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކޮށް އަޚުވަންތަކަން ދެމެހެއްޓުމަށްޓަކައި ކޮންމެ އަހަރަކު ވެސް ބާއްވަމުންދާ ރޯދަވީއްލުމެކެވެ.
ރޯދަވީއްލުމަށް ބޭނުންވާ ހުރިހާ ތަކެތި ތައްޔާރު ކުރަނީ އެވަގުތު ރަށުގައި އުޅޭ ހުރިހާ ޒުވާނުންނެވެ. މިކަމުގައި އާންމުންގެ ގިނަ ފަރާތްތަކަކުންނާއި ރަށުގެ ބައެއް ފިހާރަތަކާއި ބައެއް ޖަމިއްޔާތަކުންނާއި އަލަށް އިންތިޚާބުވި ކެނދިކުޅުދޫ ދާއިރާގެ މެންބަރުގެ ފަރާތުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
މި ރޯދަވީއްލުމުގެ މައިގަނޑު މަޤްޞަދަކީ ރަށުގެ ހުރިހާ ޒުވާނުންވެގެން ވީހާވެސް ގިނަ ބަޔަކަށް ރޯދަވީއްލުމެއް ފޯރުކޮށްދިނުމެވެ. އެގޮތުން، ރަށުގައި އުޅޭ ހުރިހާ ޒުވާނުން ވެސް މި ހަރަކާތުގައި ބައިވެރިވެފައިވާކަން ފާހަގަ ކުރަމެވެ.

އިޝްތިހާރު Navee1 jpg

HENDHOOG

އިޝްތިހާރު

މި ރޯދަވީއްލުމުގައި ބައިވެރި ވުމަށްޓަކައި ވޭތުވެދިޔަ އަހަރުތަކުގައި ވެސް ހާއްސަ މެހުމާނުންގެ ގޮތުގައި އަވަށްޓެރި ކެނދިކުޅުދޫގެ ބައެއް އިސްފަރާތްތަކަށް ދައުވަތުދީފައިވެއެވެ. އެގޮތުން، މިއަހަރުވެސް ކެނދިކުޅުދޫގެ އިސް ފަރާތްތަކަށް ވަނީ ދައުވަތު ދީފައެވެ. ވޭތުވެދިޔަ އަހަރުތަކާ ޚިލާފަށް މިއަހަރު ކެނދިކުޅުދޫގެ އިތުރުން، ލަންދުއާއި މާޅެންދޫ އަދި މާފަރުން ވެސް ހާއްސަ ފަރާތްތަކެއް މި ރޯދަވީއްލުމުގައި ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ.
މިހަރަކާތުގައި އިސްކޮށް އުޅުއްވާ ހަސަން ސަލީމް މަޢުލޫމާތު ދެއްވި ގޮތުގައި، މިފަދަ ރޯދަވީއްލުމެއްގައި އަވަށްޓެރި ރަށްތަކުގެ އިސް ފަރާތްތައް ބައިވެރި ކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ޒަމާނުންސުރެ ހެނބަދުއާމެދު އޮންނަ ގުޅުން އިތުރަށް ދަމަހައްޓައި އުފާވެރި، ހިތްހަމަޖެހޭ މާހައުލަކުން ބައްދަލުވުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ.

މީގެއިތުރުން، ރަށުގެ ޒުވާނުންނަކީ މިފަދަ ހަރަކާތްތަކުގައި ނަމޫނާ ދައްކަމުންދާ ބައެއްކަން ހަސަން ސަލީމުގެ ވާހަކައިގައި ފާހަގަ ކުރެއްވިއެވެ. “އަޅުގަނޑުމެންގެ މިހަރަކާތަކީ ޒުވާނުންގެ ފުލް ސަޕޯޓް ލިބިގެން ކުރިއަށް ގެންދާ ހަރަކާތެއް. މި ރޯދަވީއްލުމުގައި ބައިވެރިވާ އެންމެ ހާއްސަ ފަރާތްތަކަކީ ރަށުގެ އިސްރަށްވެހިންނާއި ރަށުގައި އުޅުއްވާ ބިދޭސީ މަސައްކަތްތެރިންނާއި ކައިރި ރަށްތަކުން ދުރުވާ މެހުމާނުން. ރަށްތަކުން ދުރުވާ ބޭފުޅުންގެ ދަތުރުގެ ކަންކަން ވެސް އަޅުގަނޑުމެންނަށް ލިބުނު ބަޖެޓުގެ ތެރެއިން ހަމަޖެހިފަ މިހާރު ވަނީ. މި ފުރުޞަތުގައި، އެހީތެރިކަން ފޯރުކޮށްދެއްވި އެންމެހާ ފަރާތްތަކަށް ހެނބަދޫ ޒުވާނުންގެ ނަމުގައި ހާއްސަ ޝުކުރެއް ދަންނަވަން. އަދި އެފަރާތްތަކުގެ މުދަލުގައި ބަރަކާތް ލެއްވުންއެދި ދުޢާ ކުރަން” ހަސަން ސަލީމު އިތުރަށް ވިދާޅުވިއެވެ.

މި ރޯދަވީއްލުން އިންތިޒާމު ކުރުމުގައި އިސްކޮށް ހަރަކާތްތެރިވަނީ ރަށުގެ ޒުވާނުންގެ ތެރެއިން ހާއްސަ ގުރޫޕަކުންނެވެ. ރޯދަވީއްލުމަށް ބޭނުންވާ ތަކެތީގެ ލިސްޓް އެކުލަވާލައި އެކަންކަން ރަށުގެ ޒުވާނުންގެ މައްޗަށް ބަހާލުމާއި އިސްރަށްވެހިންގެ ލިސްޓް އެކުލަވާލައި އެ ފަރާތްތަކަށާއި ރަށުން ބޭރުން އަންނަ މެހުމާނުންނަށް ދައުވަތު ފޮނުވުމުގެ އެންމެހާ ކަންކަން ކުރަނީ މި ގުރޫޕުންނެވެ. އަދި ރޯދަވީއްލުމަށް ތަން ތައްޔާރު ކުރުމާއި ބޭނުންވާ ތަކެތި ހަމަކުރުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދަނީ މި ގުރޫޕުންނެވެ.
މިފަދަ ހަރަކާތްތަކުގައި ހެނބަދޫގެ ޒުވާނުން ދައްކަމުންދަނީ ލާމަސީލު ނަމޫނާއެކެވެ. އެކުވެރިކަމާއި އަޚުވަންތަކަން ޤާއިމްކޮށް، ލޯބި ދެމެހެއްޓުމަށްޓަކައި މިފަދަ މާތް މައްސަރެއްގައި ކުރިއަށް ގެންދާ މިފަދަ ހަރަކާތްތަކުގެ ސަބަބުން ރަށުގެ އެއްބައިވަންތަކަން ދައްކުވައި ދެއެވެ. އަދި ރަށުގެ އެންމެހާ ފަރާތްތަކެއްގެ މެދުގައި އޮތް ގާތް ގުޅުން ދައްކުވައި ދެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލުތައް: 8 ޚިޔާލު ލިބިފައިވޭ

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

  1. ވަރަށް އުފާވެރި ކަމެއް އެހެން ރަށަރަށުންވެސް މިކަން ކުރާނަމަ ދޯ؟ ވަރަށް ރަނގަޅު ނަމޫނާ އެއް ތިޔަ ދަސްކޮށްދެއްނީ
    މިކަހަލަ ޚަބަރު ތައް ވީހާވެސް ބޮޑަށް ފތުރާ އިރުން ގިނަ ރެަށްރށުގަ މިކަން ކުރާނެ

  2. hassan haleem ah dhannavan male ga thibi henbadhoo meehunah ves dhen faharakun dhauvathu dhinumakee varah ufaaveri kamakah vegen dhaaen.
    ummeedhu kuran anna aharu male kolhu ga thibi meehunah ves angaalane kamah

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.