ރުއްގަސް ނަގާ ޤަވާއިދަށް ޚިޔާލު ހޯދުމަށް ޚާއްސަ ފޯރަމެއް ބާއްވައިފި

ރުއްގަސް ނަގާ ޤަވާއިދަށް ޚިޔާލު ހޯދުމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓުން އިންތިޒާމުކޮށްގެން ޚާއްސަ ފޯރަމެއް ރޭ ސަލްޓަން ޕާކުގެ އެމްފިތިއޭޓަރ ގައި ބާއްވައިފިއެވެ.

މި ފޯރަމަކީ ރުއްގަސް ކެނޑުމާ ބެހޭ ޤަވާއިދަށް އިސްލާހު ގެނައުމަށް ނިންމާފައިވާތީ، ޢާއްމުންގެ ޚިޔާލުތައް އަލަށް ހަދާ ޤަވާއިދުގައި ބޭނުންކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ފޯރަމެކެވެ.

އިޝްތިހާރު Below Header ad

މި ފޯރަމުގައި ތަފާތު ބައިވެރިން ވަނީ އެ ބައިވެރިންގެ ޚިޔާލު ރުއްގަސް ނެގުމުގެ ޤަވާއިދަށް ދީފައެވެ.

މި ފޯރަމާއި ގުޅޭގޮތުން އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވިދާޅުވީ އެކަށީގެންވާ ވަރަށް ރުއްގަސް ނެގުމާމެދު ކަންބޮޑުވާ ޢާއްމު ރައްޔިތުންގެ ޚިޔާލު ލިބުނު ކަމަށާއި މި ފޯރަމަށް ވަޑައިގެން އެ ބޭފުޅުންގެ ޚިޔާލު ފާޅުކުރެއްވީތީ އުފާ ކުރައްވާކަމަށެވެ.

ޒާހިރު އިތުރަށް ވިދާޅުވީ ފޯރަމް ފެށުމުގެ ކުރިންނާއި ފަހުންވެސް ފޯރަމުގެ ބައިވެރިންނަށް އެންވަޔަރަންމަންޓް މިނިސްޓަރާއި ކަމާގުޅޭ އިސް ބޭފުޅުންނާއި ބައްދަލުކޮށް ބައިވެރިންގެ ކަންބޮޑުވުންތައް ހިއްސާކުރަން ފުރުސަތު ލިބުނުކަމަށެވެ.

” ފޯރަމުގައި ބައިވެރިން ހުށަހެޅި ޚިޔާލުތަކަށް ރިއާޔަތްކޮށް އިންކޯޕަރޭޓް ކުރެވެން ހުރި ކަންތައްތައް އަލަށް ހަދާ ރުއްގަސް ނެގުމުގެ ޤަވާއިދުގައި ހިމަނައި ރަނގަޅު ފުރިހަމަ ޤަވާއިދެއް ނެރޭނެ” ޒާހިރު ވިދާޅުވިއެވެ.

މި ފޯރަމުގައި އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރު ވަނީ ރުއްގަސް ނެގުމުގެ ޤަވާއިދު ހަދަންޖެހުނު ސަބަބާއި ޤަވާއިދު ހެދިގެން އައި ގޮތް ފޯރަމުގެ ބައިވެރިންނާ ހިއްސާކޮށްފައެވެ.

މީގެ އިތުރުން، ރޭގެ ފޯރަމުގައި މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އަހުމަދު އަންވަރު ވަނީ ރުއްގަސް ނެގުމުގެ ޤަވާއިދުގެ ކުރު ތައާރަފެއް ބައިވެރިންނަށް ދެއްވާފައެވެ.

މި ފޯރަމުގައި މިނިސްޓަރ ޑރ. ހުސެއިން ރަޝީދު ހަސަނާއި އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ ގެ ޑިރެކްޓަރ ޖެނެރަލް އިބްރާހީމް ނައީމް އާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.