
ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ 134 ފަރާތަކަށް..
ޤާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ 134 ފަރާތަކަށް…
134 ބޭފުޅަކަށް ގާނޫނީ ވަކީލު ކަންކުރުމުގެ ހުއްދަ ދެއްވައިފިއެވެ.
134 ބޭފުޅަކަށް ރޭ ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދެއްވާފައިވާއިރު މި ބޭފުޅުންނަށް ހުއްދަ ހަވާލުކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްއެވެ.
މިބޭފުޅުންނަށް ގާނޫނީ ވަކީލު ކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފެވެ.
ރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ރާއްޖޭގައި އަދުލުއިންސާފު ގާއިމްކުރުމަށްޓަކައި ޝަރުއީ ދާއިރާއިން ކުރާ މަސައްކަތުގައި ގާނޫނީ ވަކީލުންގެ ހިއްސާ ވަރަށް ބޮޑު ކަމަށާއި އެހެނިހެން ޕްރޮފެޝަންތަކެކޭ އެއްފަދައިން ޝަރުއީ ދާއިރާއަކީ ވެސް ޒަމާނަށް އަންނަ ކުރިއެރުންތަކާއެކު ކުރިއަރުވަންޖެހޭ ޕްރޮފެޝަނެއް ކަމަށެވެ.
ރޭގެ ރަސްމިއްޔާތުގައި 139 ބޭފުޅަކަށް ގާނޫނީ ވަކީލު ކަމުގެ ހުއްދަ ދެއްވާފައިވާއިރު އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދު ވިދާޅުވީ ސިވިލް ކޯޓުގައި ފަސް ޑިވިޝަނެއް ގާއިމްކޮށްފައި ވުމުގެ ސަބަބުން ފަސޭހަކަމާ އަވަސްކަމާ އެކު މައްސަލަތައް ނިމި މައްސަލަ ހުށަހަޅާ މީހުން ކުރަންޖެހޭ ޚަރަދުތައް ކުޑަވެގެންދާ ކަމަށެވެ
ރޭގެ ގައި .139 ބޭފުޅަކަށް ވަކީލުކަމުގެ ފާސްދެއްވާފައިވާއިރު އޭގެތެރޭގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަމްޖަދު މުސްތަފާއާވެސް ހިމެނިވަޑައިގަންނަވައެވެ. އަމްޖަދުގެ އިތުރުން ގާނޫނީ ވަކީލުކަމުގެ ހުއްދަ މިރޭ ދެއްވި ބޭފުޅުންގެ ތެރޭގައި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ރަޝީދު އާއި ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ކުރީގެ ނައިބު ރައީސް އަބްދުﷲ އަލީ އާއި އެ ޓްރައިބިއުނަލްގެ މެމްބަރު އާދަމް ޒާލިފް ހިމެނިވަޑައިގަންނަވައެވެ.



