
ޤައުމުގައި ހިނގާ މުންކަރާތްތައް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ހުއްޓުވަންޖެހޭނެ: ޚުޠުބާ
ޤައުމުގައި ހިނގާ މުންކަރާތްތައް ސަރުކާރުގެ ކަމާއިބެހޭ ފަރާތްތަކުން ހުއްޓުވަންޖެހޭނެކަމަށް ހުކުރު ޚުޠުބާގައި ބުނެފިއެވެ.
ޚުޠުބާގައި ބުނީ މުންކަރާތް ނަހީކުރުމުގައި ކޮންމެ މީހަކު އެމީހެއްގެ ޒިންމާ ދެނެގަންނަންޖެހޭ ކަމަށެވެ. އަދި ކޮންމެ މުއައްސަސާއަކުންވެސް އެ މުއައްސަސާގެ ވާޖިބު އަދާކުރަންޖެހޭނެ ކަމަށެވެ.
މީގެ އިތުރުން ކޮންމެ މުންކަރާތަކީވެސް މަނާ ކުރެވެންޖެހޭނެ ކަމެއް ކަމަށާއި އެހެންނަމަވެސް އެއީ އެމީހަކަށް ނުވަތަ އެބަޔަކަށް ލިބިފައިވާ ބާރާއި އިޚްތިޔާރުގެ ތެރެއިން ކަމަށްވެސް ބުނެފައިވެއެވެ.
ކީރިތި ރަސޫލާގެ ހަދީޘްފުޅުން ދަލީލު ދައްކަމުން ޚުޠުބާގައި ބުނެފައިވަނީ ގޭތެރޭގައި ވިޔާނުދާ ޢަމަލެއް ހިންގާނަމަ ގޭގެ ވެރިފަރާތަށް އެކަން ހުއްޓުވޭނެ ކަމަށެވެ.



