މަޖިލީސް އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަނުން އިއުލާނުކޮށްފި

އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީސް އިންތިޚާބުގެ ވޯޓުލުން ކުރިއަށްދާނެ ގަޑިތައް އިލެކްޝަންސް ކޮމިޝަން އިން އިއުލާނުކޮށްފިއެވެ.

elect

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އިލެކްސަން ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިއަދު ޓްވީޓެއް މެދުވެރިކޮށެވެ. އެކޮމިޝަނުން ކުރި މި ޓްވީޓްގައި ހާމަކޮށްފައި ވަނީ ވޯޓުލުުން ކުރިއަށްދާނެ ގަޑިތަކަށް ބަލާއިރު، ރާއްޖޭގައި ވޯޓު ލުން ކުރިއަށްދާނީ އެ ދުވަހުގެ ހެނދުނު 8:00 އިން 16:00 ގެ ނިޔަަލަށެވެ.

އިންޑިއާ އަދި ސްރީ ލަންކާގައި ވޯޓުލުން ކުރިއަށްދާނީ 8:30 އިން 16:30 ގައެވެ. އަދި މެލޭޝިއާގައި 11:00 އިން 19:00 އަށް ވޯޓުލުން ކުރިއަށްގެންދާއިރު، އިނގިރޭސިވިލާތުގައި ކުރިއަށްދާނީ 9:30 އިން 17:30 އަށެވެ.

މަޖިލީހުގެ 87 ދާއިރާއަކަށް 386 ކެންޑިޑޭޓުން ވާދަކުރައްވަން ނިންމާފައިވާއިރު، ވޯޓު ލުމަށް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ޖުމްލަ 501 ފޮށި ބެހެއްޓުމަށް އީސީން ވަނީ ނިންމާފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ޚިޔާލުތައް:

ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.