ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރުމަށް ސިވިލްކޯޓުން ހުކުމްކޮށްފި.

ރާއްޖޭގެ ވެރިކަން ކުރާ ޕާޓީ ”ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް“ ގެ ހިންގުން އެ ޕާޓީގެ މުސްތަޝާރު، ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލް ޤައްޔޫނާ ހަވާލުކުރުމަށް ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ.

އެގޮތުން ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނާ ހަވާލުކުރުމަށް ސިވިލް ކޯޓުން ހުކުމްކޮށްފައިވާއިރު އެ ކޯޓުން ވަނީ ކުރިޔަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ބައްދަލުވުމެއް ބޭއްވުމަށް އެ ޕާޓީގެ މުސްތަޝާރު ރައީސް ޔާމީންގެ މައްޗަށްވެސް އަމުރުކޮށްފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް ގެ ރައީސް

މައުމޫން އަބުދުލް ޤައްޔޫމު އެޕާޓީގެ ހިންގުން ހުއްޓުމަކަށް ގެނެސްފައިވާ ދަނޑިވަޅެއްގައި ސިވިލް ކޯޓުން މިއަމުރު ނެރުނީ ޕީޕީއެމްގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް އާއި ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި މައްސަލައަކާއި ގުޅިިގެންނެވެ.

މިއަދު ސިވިލް ކޯޓުން ކުރެއްވި ހުކުމްގައި ބުނެފައިވަނީ ޕީޕީއެމް ހިންގުމާ ބެހޭގޮތުން އެ ޕާޓީގެ ކައުންސިލުން ވަކި ގޮތަކަށް ކަނޑައަޅަންދެން ޕާޓީ ހިންގުމުގެ އެންމެހާ ޒިންމާ އުފުލަން ޖެހޭ ފަރާތަކީ އެ ޕާޓީގެ މުޝްތަޝާރު ރައީސް ޔާމިން އަބުދުލް ޤައްޔޫމް ކަމުގައެވެ.

އަދި އެކަން އެގޮތަށް ކަނޑައަޅާ މިއަދުން ފެށިގެން 24 ގަޑިއިރުގެ ތެރޭގައި ޕީޕީއެމްގެ ކައުންސިލްގެ ރަސްމީ އެޕާޓީގެ ޖަލްސާއެއް ބޭއްވުމަށް އަމުރުކޮށް ހުކުމް ކުރާ ކަމަށެވެ.

ޕީޕީއެމްގެ ތެރޭގައި ދެބައިވުން އުފެދި ރައީސް މައުމޫންގެ ފެކްޝަނުން އެ ޕާޓީގެ ހިންގުން ވަނީ ހުއްޓުމަކަށް އައިސްފައިވާއިރު ރައީސް މައުމޫން އިއްޔެ ވަނީ އެ ޕާޓީގެ ނައިބުރައީސް ކަމުގައި ހުންނެވި ފޮނަދޫ ދާއިރާ އަބުދުއްރަހީމް އަދި އެޕާޓީގެ ޒުވާނުންގެ ގޮފީގެ ރައީސް އިބުރާހިމް ޔޫސުފު އެ މަޤާމުން ވަކިކުރައްވާފައެވެ.
އަދި ޕީޕީއެމްގެ ރައީސް މައުމޫން ވަނީ އެކަން ވަނީ އެފަރާތްތަކަށް ވަކިވަކިން ފޮނުއްވި ސިޓީގައި ބަޔާންކުރައްވާވާ އެފަރާތްތަކަށް އެކަން އަންގަވާފައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.