ސިޔާސީ ހަރަކާތްތަކަށް އަދީބު ހޯދައިދިން ފައިސާއަކީ ޚިޔާނާތުގެ ފައިސާކަމެއް ނޭނގޭ: އިދިކޮޅު ކޯލިޝަން

ސިޔާސީ ހަރަކާތްތަކަށް އަދީބު ހޯދައިދިން ފައިސާއަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާކަމެއް ނޭނގޭ ކަމަށް އިދިކޮޅު ކޯލިޝަން، ޕްރޮގްރެސިވް ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޢާންމު ގޮތެއްގައި ޕާޓީތަކުން ހިންގާ ޙަރަކާތްތަކާއި އިންތިޚާބުތަކަށް ޚަރަދު ކުރާ ފައިސާ ޕާޓީތަކުން ހޯދަމުން ގެންދަނީ ހެޔޮ އެދޭ ފަރާތްތަކުން ޕާޓީއަށް ދެމުން ގެންދާ ފައިސާ އިން ކަމަށެވެ.

އިޝްތިހާރު Below Header ad

އެގޮތުން އެޕާޓީއަށްވެސް އެކި ފަރާތްތަކުން ފައިސާ ދެމުން ގެންދާކަމަށާއި އެގޮތުގެ މަތިން ހޯދާ ފައިސާވެސް ވާނީ އެކި ކަންކަމަށް ޚަރަދު ކޮށްފައި ކަމަށް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ. އަދި ޕާޓީގެ އިވެންޓުތަކާއި ދަތުރުތައް ކުރުމާއި އިންތިޚާބުތަކުގައި ބައިވެރިވެފައިވާ ކެންޑިޑޭޓުންގެ ކެމްޕެއިނަށްވެސް ހެޔޮ އެދޭ ފަރާތްތަކުން ދެމުން ގެންދާ ފައިސާ ޚަރަދުކޮށްފައި ވާނެ ކަމަށް ޕީޕީއެމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.

“އެމްއެމްޕީއާރުސީ މައްސަލައާއި ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަނުން ތަޙްޤީޤުކޮށް ނެރެފައިވާ ލިސްޓާއި މިހާރު އެސެޓް ރިކަވަރީ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއާއި ހިއްސާކޮށް ޢާންމުކޮށްފައިވާ ލިސްޓާއި ތަފާތުތަކެއް ހުރުމުގެ އިތުރުން، އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓުން ބައެއް ނަންތައް އުނިވެ އިތުރުވެފައިވާ ގޮތާމެދު އޮޅުވާލުންތަކެއް އެކުލެވިފައިވާތީ އެކަމުގެ ކަންބޮޑުވުންވެސް ފާޅުކުރަން. އަދި އެސެޓް ރިކަވަރީ ކޮމިޝަންގެ ލިސްޓު ރައްޔިތުންގެ މަޖިލީހާއި ޙިއްސާކޮށްފައިވަނީ، ރައްޔިތުންނަށް ވެފައިވާ ވަޢުދު ނުފުއްދޭނެ ކަން ޔަޤީން ވުމާއެކު، އެ ޚިޔާނާތުގެ އެންމެ އަޑީގައި ތިބި މީހުން ޙިމާޔަތް ކުރުމަށްފަހުކަމާއި، އަދި އެކޮމިޝަން އުވާލާނެ ގޮތެއް ހޯދުމަށް ރައީސުލްޖުމްހޫރިއްޔާ މަސައްކަތް ކުރަމުން ގެންދޭ.” ޕީޕީއެމް ގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެ ކޯލިޝަނުން ބުނީ އެކަމުގައި ޝާމިލުވެފައިވާ އެންމެނަށް ހައްޤު އަދަބު ދިނުމަށާއި، ހަމައެއާއެކު، ލިސްޓު ޢާންމު ކުރިއިރު އެލިސްޓުގައި މައުސޫމް އެތައް ރައްޔިތެއްގެ ނަން އެފަރާތްތަކަށް އެނގުމެއް ނެތި ހިމަނާފައިވާތީ، އެފަރާތްތަކުގެ ކިބައިން މަޢާފަށް އެދުމަށްވެސް އިދިކޮޅުން ގޮވާލާ ކަމަށެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.