ކުޑަކުދިންގެ ހައްގުތަކާއި ގުޅިފައިވާ މައްސަލަތައް ހަމައެކަނި ގާނޫނަކުން ހައްލެއް ނުވާނެ: ރައީސް ސޯލިހު

ކުޑަކުދިންގެ ހައްގުތަކާއި ގުޅިފައިވާ މައްސަލަތައް ހަމައެކަނި ގާނޫނަކުން ހައްލެއް ނުވާނެ ކަމަށް ރައިސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ އަދު ފާހަގަކުރަމުން އަންނަ ދިވެހިރާއްޖޭގެ ކުޑަކުދީންގެ ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ތަހުނިޔާގެ ޚިތާބުގައެވެ.

އިޝްތިހާރު Below Header ad

އެމަނިކުފާނުގެ ޚިތާބުގައި ވިދާޅުވެފައިވަނީ ކުދިން މުޖުތަމައަށް ބޭނުންތެރި، އަދި މުޖްތަމައުގައި ބަސްވިކޭ ބަޔަކަށް ހެދޭނީ، ހުރިހާ ފަރާތްތަކުންވެސް މީހުންނާ ކުރާ މުއާމަލާތުތަކުގައްޔާއި، ގޭތެރޭގަޔާއި ބޭރުގައި އުޅޭ އުޅުމުގައިވެސް، ކުދިންނަށް ރީތި ނަމޫނާ ދެއްކި މިންވަރަކުން ކަމަށެވެ.

“ކުޑަކުދިންގެ ހައްގުތަކާ ގުޅިފައިވާ މައްސަލަތައް ހައްލުކުރުމަކީ، ގާނޫނަކުން އެކަނި ކުރެވޭ ވަރަށް ވުރެ، މާ ފުޅާ ދާއިރާއެއްގައި އެކަމަށް މަސައްކަތް ކުރަން ޖެހޭ ކަމެއް. އަދި އެފަދަ މައްސަލަތައް ހައްލުކުރުމުގައި ސަރުކާރާއި، ރައްޔިތުންގެ މަޖިލީހާއި ޝަރުއީ ދާއިރާ ހިމެނޭ ގޮތުން މުޅި ދައުލަތުގެ ބައިވެރިވުމާއި އެއްބާރުލުން ނުހަނު ބޮޑަށް ބޭނުންވޭ.” ރައީސް ސޯލިހު ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނަށް، އަމަލުކުރަން ފަށާފައިވަނީ މިދިޔަ އަހަރުގެ ކުރީކޮޅު އެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.