އެން އައި އީގެ ދަސްވެނިވުމުގެ ހަފްލާގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ބައިވެރިވެވަޑައިގެންފި

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަން ގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ޙަސަން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ ރޭ (24/11/2019) އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލްގައެވެ.

އިޝްތިހާރު Below Header ad

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޑރ. އިބްރާހީމް ޙަސަން ވިދާޅުވީ މުދައްރިސުންނަކީ ކުލާހުގައްޔާއި، ސްކޫލްގެ ހަތަރުފާރުގެ ތެރޭގައާއި، މުޖުތަމަޢުގަ، އަދި ޤައުމު އާރާސްތުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ ބައެއް ކަމުގައެވެ. ކޮންމެ މުދައްރިސަކީ އެ މުދައްރިސަކު ކިޔަވަދެއްވާ ދާއިރާއިން ނަމޫނާ މުދައްރިސަކަށް ވުމަށް ބާރުއަޅުއްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ކޮންމެ މުދައްރިސަކުވެސް މަސައްކަތް ކުރަންވާނީ ދަރިވަރުންގެ އިޚްތިރާމާއި ލޯބި ހޯދުމަށްކަމަށެވެ. އަދި އެކަން ކުރެވޭނީ ކޮންމެ މުދައްރިސަކުވެސް އެބޭފުޅަކު ކިވައިދެއްވާ މާއްދާގެ ކޮންޓެންޓް ފުރިހަމައަށް އެނގިގެން ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އަދި މީގެ އިތުރުން މިނިސްޓަރ ވިދާޅުވީ ޢިލްމު ހޯދަންވާނީ ހަމައެކަނި ސަނަދެއްގެ ބޭނުމަކު ނޫންކަމުގައެވެ. އުނގެނުމަކީ ހޮބީއެއް ކަމުގައި ހެދުމަށް މުދައްރިސުންނަށް މިނިސްޓަރ އިލްތިމާސް ކުރެއްވިއެވެ. އަދި ތިމާ ކިވައިދެއްވާ ދާއިރާގެ އެންމެ ފަހުގެ ޚަބަރުތައް ނުވަތަ ކުރިއެރުންތައް އެނގިފައި އޮތުމަކީ މުހިއްމު ކަމެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ގެ ވާހަކަފުޅުގައި ތިމާ ސަނަދު ހޯދީ ކޮންތާކުންތޯ މުސްތަޤްބަލްގައި ވަޒީފާ ދޭ ފަރާތްތަކުން ބަލާނެ ކަމުގައިވެސް ވިދާޅުވިއެވެ. ކިޔެވީ ކިހިނަކުންތޯ އާއި، ކިޔެވި ކޯހުގެ މޮޑިއުލް ތަކަކީ ކޮބައިކަންވެސް ވަޒީފާ ދޭ ފަރާތްތަކުން ކަށަވަރުކުރަން ބޭނުންވާނެކަމުގައެވެ. އެއީ ބަދަލުވަމުންދާ ދުނިޔޭގައި ކުރިމަތިލާން ޖެހޭނެ ކަމެއް ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

ދަސްވެނިވުމުގެ މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ގެ އިތުރުން މިނިސްޓަރ އޮފް އެޑިޔުކޭޝަން ޑރ އައިޝަތު އަލީ އާއި އެ މިނިސްޓްރީ ގެ ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ރަޝީދު ބައިވެރިވެ ވަޑައިގެންނެވިއެވެ.

ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިޔުކޭޝަނަކީ މިނިސްޓްރީ އޮފް އެޑިޔުކޭޝަން ގެ ދަށުން ހިނގަމުން އަންނަ މަރުކަޒެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.