70އަހަރުގެ މީހަކު މުޅި ޤުރުއާން އެއްކޮށް 6ބިހުގައި ލިޔެފި.

ދުނިޔޭގައި އެކިއެކި ތަފާތު ކަންކަން ކުރަމުން އަންނަ މީސްމީހުންގެ ޚަބަރު ކޮންމެ ދުވަހަކު ވެސް ނޫސްތައް ފަޅުފިލުވަމުން ގެންދެއެވެ. މިފަހަރު މިއޮތީ ވަރަށް ތަފާތު ކަމެއް ކުރި މީހެއްގެ ވާހަކަ އެކެވެ.

Quran on Eggs 2ސައޫދީ އަރަބިއްޔާއަށް ނިސްބަތްވާ 70 އަހަރުގެ މިހަކު މުޅި ޤުރުއާން އެއްކޮށް އެންމެ 6 (ކުކުޅު) ބިމުގައި ލިޔުނު ވާހަކާއިން މުޅި ދުނިޔެއަށް ވަނީ ހައިރާންކަން ގެނުވާފައެވެ. 

އިޝްތިހާރު Below Header ad

Quran on Eggs 4ސައޫދީ އަރަބިއްޔާގެ ބުރައިދާ ސިޓީއަށް ނިސްބަތްވާ އަޙްމަދު އަބްދާނަކީ، އަތުލިޔުމާއި ކެލްގަރަފީގެ މަސައްކަތް ކުރުމަށް ވަރަށް ޝައުގުވެރިވާ ފަރާތްތެކެވެ.

އޭނާ ލިޔުމުގެ މަސައްކަތުގައި އުޅޭތާ 40ހަކަށް އަހަރު ވެދާނެކަމަށް މީޑިއާތަކުން ރިޕޯޓު ކުރެއެވެ.

Quran on Eggs 3ހަބިހުގައި މުޅި ޤުރުއާން އެއްކޮށް ލިޔުމަކީ މާކަށް ފަސޭހަ ކަމަކަށް ނުވާނެއެވެ. އަކުރު ވަރަށް ކުދިކުދިކޮށް ލިޔެގެން ނޫނީ އެކަމެއް ކާމިޔާބެއް ނުވާނެއެވެ. އަދި އެ ބިސްތަކުގައި ލިޔެފައިވާ އެއްޗެއް ކިޔޭނީ ވެސް ބޮޑުވާ ބިއްލޫރި ފަދަ އެއްޗެއްގެ ބޭނުން ކޮށްގެންނެވެ. 

މި ކަވި މަސައްކަތް، އަބްދާން ކޮށްފައިވަނީ ކޮޅަށް ހުރެގެންނެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އޭނާ ބުނީ އިށީނދެގެން އިނދެ އެހާކުދިކޮށް އަކުރުތައް ލިޔަން އުނދަގޫ ކަމަށެވެ. އެހެންކަމުން ބިސްތަކުގައި ލިޔުނު ކޮންމެ އަކުރެއް އަބްދާން ލިޔެފައިވަނީ މުޅިންވެސް ކޮޅަށް ހުރެގެންނެވެ.

Quran on Eggs 170އަހަރުގެ މީހަކަށް މިވަރުގެ ބޮޑު މަސައްކަތްތެއް ކުރެވޭނީ އެކަމަށް ނުހަނު ވަރުގަދަ ލޯތްބަކާއި ޝައުގުވެރިކަމެއް ހުރެގެންނެވެ.

އަޙްމަދު އަބްދާންގެ ޢުމަރު ދިގުކުރައްވާ ހެޔޮ ރަޙްމަތް ލައްވާށިއެވެ. آمين

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.