ރިޔާސީ އިންތިޚާބުގެ ވޯޓުލާން ފަށައިފި

މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާން މިއަދު ހެނދުނު ފަށައިފިއެވެ.

މިއަދު ހެނދުނު 08:00 ގައި ފެށި ވޯޓުލުން މިއަދު ހަވީރު 16:00 އާހަަމައަށް ކުރިއަށްދާނެއެެވެ. އަދި 16:00 ހަމަވާ އިރު، ވޯޓުލުމަށް ކިޔޫގައި މީހުން ތިބިނަމަ، އެމީހުންނަށް ފުރުޞަތުދޭނެއެވެ. އެހެންނަމަވެސް އެއަށްފަހުން އަންނަ މީހުންނަށް ވޯޓުގައި ބައިވެރިއެއް ނުވެވޭނެއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިއަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ 2،62135 މީހުން ތިބި އިރު، ރާއްޖޭގެ 20 އަތޮޅުގެ 197 ރަށުގައި 472 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.

ރާއްޖޭގެ ރައީސުލްޖުމްޖުމްހޫރިއްޔާގެ މަޤާމުގައި ކުރިއަށް އޮތް 5 އަހަރަށް ހުންނަވަން ރާއްޖޭގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވަނީ ކޮންބޭފުޅެއްތޯ ބެލުމަށް ބާއްވާ މި އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިޞަލް ނަސީމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.