
ރިޔާސީ އިންތިޚާބުގެ ވޯޓުލާން ފަށައިފި
މިއަހަރު ރާއްޖޭގައި ބާއްވާ ރިޔާސީ އިންތިޚާބުގެ ވޯޓުލާން މިއަދު ހެނދުނު ފަށައިފިއެވެ.
މިއަދު ހެނދުނު 08:00 ގައި ފެށި ވޯޓުލުން މިއަދު ހަވީރު 16:00 އާހަަމައަށް ކުރިއަށްދާނެއެެވެ. އަދި 16:00 ހަމަވާ އިރު، ވޯޓުލުމަށް ކިޔޫގައި މީހުން ތިބިނަމަ، އެމީހުންނަށް ފުރުޞަތުދޭނެއެވެ. އެހެންނަމަވެސް އެއަށްފަހުން އަންނަ މީހުންނަށް ވޯޓުގައި ބައިވެރިއެއް ނުވެވޭނެއެވެ.
މިއަހަރުގެ އިންތިޚާބުގައި ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ 2،62135 މީހުން ތިބި އިރު، ރާއްޖޭގެ 20 އަތޮޅުގެ 197 ރަށުގައި 472 ވޯޓުފޮށި ވަނީ ބަހައްޓާފައެވެ.
ރާއްޖޭގެ ރައީސުލްޖުމްޖުމްހޫރިއްޔާގެ މަޤާމުގައި ކުރިއަށް އޮތް 5 އަހަރަށް ހުންނަވަން ރާއްޖޭގެ ރައްޔިތުންނަށް ފެނިވަޑައިގަންނަވަނީ ކޮންބޭފުޅެއްތޯ ބެލުމަށް ބާއްވާ މި އިންތިޚާބުގައި ވާދަކުރައްވަނީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ރަނިންގމޭޓް ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން އިބްރާހިމް މުޙައްމަދު ސާލިޙް (އިބޫ) އާއި އެމަނިކުފާނުގެ ރަނިންގމޭޓް ފައިޞަލް ނަސީމެވެ.



