ބްރޯޑްކޮމް އިން ދިރާގާއި ޕްލޭކާސްޓް ޕްރައިވެޓް ލިމިޓެޑާއި ބައްދަލުކޮށްފި

މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަން (ބްރޯޑްކޮމް) އިން ދިރާގާއި ޕްލޭކާސްޓް ޕްރައިވެޓް ލިމިޓެޑާއި ބައްދަލުކޮށްފިއެވެ.

މިއީ ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމަށް ލައިސަންސް ދޫކޮށްފައިވާ ފަރާތްތަކުން މި ޚިދުމަތް ދެމުންދާ ގޮތާއި އަދި މި ޚިދުމަތް ތަރައްޤީކުރުމަށް ކުރަމުންދާ މަސައްކަތްތަކާ ބެހޭ މަޢުލޫމާތު ހޯދުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން ފަށާފައިވާ ސިލްސިލާ ބައްދަލުވުންތަކުގެ ދަށުން ބޭއްވި ބައްދަލުވުމެކެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކޮމިޝަންގައި ވަކި ވަކިން ބޭްއވި މި ދެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބު ވިދާޅުވީ ރީބްރޯޑްކާސްޓިންގގެ ޚިދުމަތް ރާއްޖޭގައި ފުޅާކުރުމަށާއި ވާދަވެރި މާޙައުލެއް ޤާއިމުކުރުމަށް ކޮމިޝަނުން ޚާއްޞަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި ރީބްރޯޑްކާސްޓިންގގެ ފެންވަރު ރަނގަޅު އަދި އަގުހެޔޮ ޚިދުމަތެއް ޢާންމުންނަށް ދިނުމަށާއި ކޮމިޝަނުން މި ސިނާޢަތު ކުރިއެރުވުމަށް އެކަށައަޅާފައިވާ ސިޔާސަތާއި އެއްގޮތަށް ޚިދުމަތް ދިނުމަށް ކޮމިޝަންގެ ރައީސް އެދިވަޑައިގެންނެވިއެވެ.

ރީބްރޯޑްކާސްޓިންގގެ ޚިދުމަތް މިހާރު ދެމުންދާ ގޮތާއި މި ޚިދުމަތް ފުޅާކުރުމުށާއި މި ޚިދުމަތާއެކު ތަޢާރަފުކުރުމަށް ހަމަޖެހިފައިވާ އެހެނިހން ކަންކަމާ ބެހޭ މަޢުލޫމާތުވެސް މި ބައްދަލުވުމުގައި ވަނީ ޙިއްޞާ ކޮށްފައެވެ.

broadcom-meet-dhuraagu-play-cast-13-10-2016

މި ބައްދަލުވުންތަކުގައި ކޮމިޝަންގެ ރައީސް އާއި ކޮމިޝަނަރ ފާޠިމަތު ޒައިނާ އާއި ކޮމިޝަނަރ ޒީނާ ޒާހިރާއި ކޮމިޝަނަރ ޙަސަން ނަބާޙު އާއި ސެކްރެޓަރީ ޖެނެރަލް މުޙައްމަދު ނާސިޙު ބައިވެރިވެވަޑައިގަތެވެ.

ބްރޯޑްކޮމް އިން ކުރިއަށްގެންދާ މި ސިލްސިލާގެ ދަށުން އިއްޔެވަނީ ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) އާބައްދަލުކޮށް މަޢުލޫމާތު ޙިއްޞާކޮށްފައެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.