އއ. މަތިވެރީގެ ނަރުދަމާ އަދި ފ. ނިލަންދޫގެ ފެނުގެ ނިޒާމް ޤާއިމުކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ބަޔަކާ ޙަވާލުކޮށްފި

އއ. މަތިވެރީގެ ނަރުދަމާ ނިޒާމާއި ފ. ނިލަންދޫގެ ފެނުގެ ނިޒާމު ޤާއިމުކުރުމުގެ މަޝްރޫޢުގެ  ޢަމަލީ މަސައްކަތް ލޭބަރ ކޮންޓްރެކްޓް މޮޑެލްގެ ދަށުން ލަންކާގެ ކުންފުންޏެއް ކަމަށްވާ އެޑްވާޑް އެންޑް ކްރިސްޓީއާއި ޙަވާލުކޮށްފިއެވެ. މި މަސައްކަތް އެ ކުންފުންޏާއި ޙަވާލުކުރުންއޮތީ އެކަމަށްޓަކައި މިއަދު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނާރޖީގައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤް އިބްރާހީމެވެ. އަދި އެޑްވާޑް އެންޑް ކްރިސްޓީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އަރަވަލޭޖް ޑޮން ރާޖް ކްރިސްޓީ ލިއޮނާޑެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އއ. މަތިވެރީގެ ނަރުދަމާ ލޭބަރ މަޝްރޫޢުގެ ކޮންޓްރެކްޓްގެ ޖުމްލަ އަގަކީ 13,558,970.00  ދިވެހި ރުފިޔާއެވެ. އަދި ފ. ނިލަންދޫގެ ފެނުގެ ލޭބަރ މަޝްރޫޢުގެ ކޮންޓްރެކްޓް އަގަކީ 16,724,160.60 ރުފިޔާއެވެ.

މި ދެ މަސައްކަތްވެސް ނިންމުމަށް ކަނޑައެޅިފައިވަނީ ސޮއިކުރާ ތާރީޚުން ފެށިގެން 12 މަސް ދުވަހުގެ ތެރޭގައެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.