
މަޖީދީ މަގުން ފަޅައިގެންދިޔަ ނަޖިސްހޮޅި ބައްދާ، މައްސަލަ ޙައްލުކޮށްފި
ހައުސިންގ މިނިސްޓްރީން ބުނީ އެ ހޮޅި ފަޅައިގެން ގޮސްފައިވަނީ މަޖީދީ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ކަމަށެވެ.
އަދި މިއަދު މެންދުރުގެ ވަގުތެއްގައި އެ ސަރަހައްދުގައި ހުރި ނަޖިސް ހޮޅިއެއް ފަޅައިގެން ގޮސް އެ ސަރަހައްދަށް ވަނީ ނަޖިސް ބޭރުވެފައިވާ ކަމަށާއި އެ ހޮޅި ބައްދާ، މައްސަލަ ޙައްލު ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.
މީގެ އުތުރުން ހައުސިންގ މިނިސްޓްރީން ބުނީ ފަޅައިގެން ދިޔަ އެމްޑަބްލިއުއެސްސީގެ ހޮޅި ބައްދާ މަރާާތު ކޮށްފައިވަނީ އެމްޑަބްލިއުއެސްސީ އިން ކަމަށެވެ.
ކުރީގެ ސްޓާރ ސިނަމާ ކައިރިން ފެށިގެން މާފަންނު ސަހަރާ އާ ހަމައަށް މަޖީދީ މަގު ބަންދުކޮށްގެން އެ މަގު މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ އިރު، ނަޖިސް ހޮޅި ފަޅައިގެން ގޮސްފައި ވަނީ މާފަންނު ސަހަރާ ސަރަހައްދުގައި ހުންނަ ލެކިއުޓް ފިހާރަ ކުރިމައްޗަށްވާ ގޮތަށެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ހޮޅި ފަޅައިގެން ދިޔައީ އެހެން ހޮޅިތަކެއް ވަޅުލަން އެކްސްކަވޭޓަރަކުން މަގު ކޮންނަނިކޮށެވެ.



