ފީފާ ވޯލްޑްކަޕް 2018: އިންގްލެންޑް އަދި ޓިއުނީޝިއާ ބައްދަލުކުރާ މެޗަށް ބަލާލުމެއް

ފީފާ ރޭންކިންގެ 13 ވަނާގައި މިވަގުތު އޮތް ގިނަ ތަރިންތަކެއް ހިމެނޭ އިނގިރޭސިވިލާތް އިންގްލެންޑް އެންމެ ފުރަތަމަ ވޯލްޑް ކަޕްގައި ވާދަކުރީ 1950 ވަނަ އަހަރެވެ. އަދި އޭގެ ފަހުން 1970 ވަނަ އަހަރާ ހަމައަށް ބޭއްވި ހުރިހާ ވޯލްޑް ކަޕެއްގައި އިންގްލެންޑް ވާދަކުރި އެވެ.

އިންގްލެންޑަށް މިހާތަނަށް ވޯލްޑް ކަޕްގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1966 ވަނަ އަހަރު އަމިއްލަ ޤައުމުގައި އޮތް މުބާރާތް ކާމިޔާބުކުރުމެވެ. ސަރ އަލްފްރެޑް ރަމްސީގެ އިރުޝާދުގެ ދަށުން އިންގްލެންޑް އިން ވޯލްޑް ކަޕް ކާމިޔާބުކުރީ ބޮބީ ޗާލްޓަން އަދި ޖެފް ހާރސްޓް ފަދަ ކުޅުންތެރިންނާއެކު އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެކަމަކު 1966 ވަނަ އަހަރުގެ ފަހުން އިންގްލެންޑް އިން އުންމީދުކުރި ވަރުގެ ކާމިޔާބެއް ވޯލްޑް ކަޕްގައި ނުލިބެ އެވެ. އޭގެ ފަހުން އިންގްލެންޑަށް ލިބުނު އެންމެ ބޮޑު ކާމިޔާބަކީ 1990 ވަނަ އަހަރުގެ މުބާރާތުގެ ހަތަރު ވަނަ ލިބުމެވެ. ބްރެޒިލްގައި 2014 ވަނަ އަހަރު އޮތް މުބާރާތުގައި އިންގްލެންޑް ކެޓީ ގުރޫޕް ސްޓޭޖުންނެވެ.

މިފަހަރުގެ ވޯލްޑްކަޕުގައި އިންގްލެންޑް ޓީމުން ތަމްސީލް ކުރާނީ ޒުވާން ކުޅުންތެރިންތަކެއް ހިމެނޭ ޓީމެކެވެ. އެެހެންކަމުން އިންގްލެންޑް އިން އުންމީދުކުރާނީ، ވޯލްޑް ކަޕްގައި މޮޅުނުވެ ދިގުދެމިގެންދާ ސިލްސިލާ ނިންމާލުމަށެވެ.

އިންގްލެންޑުގެ ޓީމަށް ބަލާއިރު އެޓީމުގައި ތިބީ ހައްތާވެސް ތަރިންނެވެ. ހެރީކޭން ، ޑެލި އަލީ، ފަދަ އެތަކެއް މަސްހޜު ކުޅުންތެރިންތަކެއް އެބަތިއްބެވެ.

ޓިއުނީޝިއާ ޓީމަށް ބަލާއިރު އެޓީމު މިވަގުތު އޮތީ 14 ވަނާގައެވެ. އެފްރިކާއަށް ނިސްބަތްވާ ޓިއުނީޝިއާ ޓީމަކީވެސް އެސަރަހައްދުގައި ވަރުގަދަ ބާރެކެވެ.

އެހެން ނަމަވެސް ދުނިޔޭގެ ފެންވަރުގައި ޓިއުނީޝިއާ އަކީ މާ މަޝްހޫރު ޓީމަކަށްނުވި ނަމަވެސް، އެ ޓީމަކީ ބަލިކުރަން ފަސޭހަ ޓީމަކަށްނުވާނެ އެވެ. އަދި އެންމެ ފަހުން ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި ވެސް ޓިއުނީޝިއާ އިން ވަނީ އެކަން ސާބިތުކޮށްދީފަ އެވެ.

މި މެޗަށް ނުކުންނައިރު ޓިއުނީޝިއާގެ ވެސް މާ މަސްހޫރު ކުޅުންތެރިންތަކެއް ނެތެވެ. އެހެން ނަމަވެސް މިރޭގެ މެޗުގައި ވަހްބީ ކަޒްރީ އާއި އަލީ މަލޫލް ފެނިގެންދާނެއެވެ. ނަމަވެސް އެޓީމުގެ އިތުބާރު ފޯވާޑް  ޔޫސެފް މިސާކްނީ އަނިޔާގެ ސަބަބުން މިރޭގެ މެޗުގައި ނުކުޅޭނެއެވެ.

އެހެން ނަމަވެސް ޓިއުނީޝިއާގެ ކޯޗު ނަބީލް މަލޫލް ބުނެފައިވަނީ ޓިއުނީޝިއާ އޮތީ ރަނގަޅު ފޯމެއްގައި ކަމަށާއި އުންމީދަކީ މިރޭގެ މެޗުގައި ރަނގަޅު ފައިޓެއްދިނުމެވެ.

މި ދެޓީމަށް ބަލާއިރު  ޓިއުނީޝިއާ އާއި އިންގްލެންޑް ވަނީ 1998 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގުރޫޕް ސްޓޭޖުގައި ބައްދަލުކޮށްފަ އެވެ. އެ މެޗު 2-0 އިން ކާމިޔާބުކުރީ އިންގްލެންޑެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
މިލިޔުންވެސް ކިޔާލަމާ
Close
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.