
ހަމަސްދުވަހުގެ ތެރޭގައި 699 ޑޮލަރު ދެއްކުމަށް ޔޫއްޕެގެ މައްޗަށް ޙުކުމްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ނެގި ކްރެޑިޓް ކާޑެއް ބޭނުން ކުރުމަށްފަހު އެފައިސާ ނުދައްކާ ހުރުމުން 6 މަސްދުވަހުގެ ތެރޭގައި އެ ފައިސާ ދެއްކުމަށް ދިވެހިރާއްޖޭގެ މަޝްހޫރު ފިލްމީތަރި ޔޫސުފް ޝަފީޢު (ޔޫއްޕެ) ގެ މައްޗަށް ސިވިލް ކޯޓުން ޙުކުމް ކޮށްފިއެވެ.
މި އޯގަސްޓު މަހުގެ 5 ވަނަ ދުވަހު ސިވިލް ކޯޓުން ޔޫއްޕެގެ މައްޗަށް ހުކުމް ކޮށްފައިވަނީ 699 އެމެރިކާ ޑޮލަރު (10،778 ރުފިޔާ) ދެއްކުމަށެވެ.
އެފައިސާ ނުދައްކައިގެން ބީއެމްއެލް އިން ކޯޓުގައި ދަޢުވާ ކުރުމުން އެފައިސާ އަނބުރާ ނުދައްކާ ކަމަށް ޔޫއްޕެ އެއްބަސްވެފައިވާ ކަމަށާއި އަދި އެފައިސާ އާއި ޖޫރިމަނާ ފައިސާވެސް ދައްކާނެ ކަމަށް ޔޫއްޕެ ވަނީ ކޯޓުގައި އެއްބަސް ވެފައެވެ.



