
ޖޯޖިއާގެ މަޖްލިސް އިންތިޚާބު އޮބްޒާރވް ކުރުމުގައި އިލެކްޝަންސް ކޮމިޝަނުންގެ މެންބަރަކު
ސެންޓްރަލް އިލެކްޝަންސް ކޮމިޝަން (ސީ.އީ.ސީ) އޮފް ޖޯޖިއާ އިން އިންތިޒާމުކޮށްގެން ޖޯޖިއާގައި ކުރިއަށްދާ ’ވިޒިޓް އޮފް ދަ އިލެކްޝަންސް މެނޭޖްމެންޓް ބޮޑީ (އީ.އެމް.ބީ) ރިޕްރެޒެންޓޭޓިވްސް ޓު ޖޯޖިއާ‘ ގައި އިލެކްޝަންސް ކޮމިޝަންގެ ފަރާތުން ބައިވެރިވެއްޖެއެވެ.
އޮކްޓޯބަރު 06 އިން އޮކްޓޯބަރު 09 އަށް ކުރިއަށްދާ މި އޮބްޒާރވްގައި ރާއްޖޭގެ ފަރާތުން ބައިވެރިވެވަޑައިގަންނަވަނީ މެމްބަރ ޢަހުމަދު އަކްރަމް އެވެ.
ހަތަރު ދުވަހަށް ކުރިއަށްގެންދާ މި ޕްރޮގްރާމްގައި ޖޯޖިއާގެ އިންތިޚާބު ކުރިއަށްދާ ގޮތާއި އެހެން ޤައުމުތަކުގައި މިފަދަ އިންތިޚާބުތައް ކުރިއަށްދާ ގޮތުގެ މަޢުލޫމާތު ލިބިގެންދާނެއެވެ. އަދި ދިވެހިރާއްޖޭގައި އިންތިޚާބު އޮންނަ ގޮތް މި ޤައުމުތަކަށް އޮޅުން ފިލުވަދީ މަޢުލޫމާތު ބަދަލުކުރެވޭނެއެވެ.
މި އިންތިޚާބު އޮބްޒާރވް ކުރުމުގައި ބައިނަލްއަޤްވާމީ 55 ޖަމޢަތަކުން 1440 އޮބްޒާރވަރުން ބައިވެރިވެއެވެ.
މި ދަތުރު ނިންމާލެއްވުމަށްފަހު މެމްބަރ އަޙުމަދު އަކުރަމް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރ މަހުގެ 10ވަނަ ދުވަހުއެވެ.



