
އެމްޓީސިސީ ޖުންޖުލައި ޕްރޮމޯގެ ނަސީބުވެރިޔާ ހޮވައިފި
އެމްޓީސިސީ ޖުންޖުލައި ޕްރޮމޯގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
މި ނަސީބުވެރިއަކަށް ހޮވިފައިވަނީ ހދ. ކުޅުދުއްފުށީ ވިނަރެސް އިބްރާހިމް ހަމްދޫންއެވެ. އޭނާއަށް ވަނީ 25 ހޯސްޕަވަރުގެ އަގުހުރި ސުޒުކީ އައުޓްބޯޑް އިންޖީނެއް ލިބިފައެވެ.
މި ޕްރޮމޯޝަނަކީ ކުރާ ކޮންމެ 5000 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ދޫކުރެވިގެން ކުރިޔަށްގެންދިޔަ ޕްރޮމޯޝަނެކެވެ. އަދި ސުޒުކީ އިންޖީނު، ޔަންމާ އޮއިލް އަދި ސްޕެއަރ ޕާޓްސްތަކަށްް ޙާއްސަކޮށްގެން ކުރިޔަށް ގެންދިޔަ މި ޕްރޮމޯޝަންގެ އިތުރުން އެމްޓީސީސީ ކަށަވަރުން 01 އޯގަސްޓް އިން 31 ޑިސެމްބަރ 2017 ގެ ނިޔަލަށް ދަަނީ ”ސާބަސް ޔަންމާ 2017“ ގެ ނަމުގައި ޕްރޮމޯޝަނެއް ކުރިއަށް ގެންދަމުންނެވެ.
ސާބަސް ޔަންމާއަކީ ޔަންމާ އިންޖީނުތަކަށް ޙާއްސަކޮށްގެން ކުރިޔަށް ގެންދެވޭ ޕްރޮޮމޯޝަނެއްކަމަށް އެމްޓީސީސީ އިން މައުލޫމާތު ދެއެވެ.



