އެސްޓީއޯގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސާރވޭއެއް މިއަދު ފަށައިފި

އެސްޓީއޯގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ސާރވޭއެއް މިއަދު ފަށައިފިއެވެ.

ދެހަފްތާގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ސާރވޭ ހިންގުމަށް ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި ހުންނަ އެސްޓީއޯގެ އައުޓްލެޓް ތަކުގައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ސާރވޭއަކީ އެސްޓީއޯއިން މިވަގުތު އާންމުންނަށް ދެމުންގެންދާ ހިދުމަތްތަކާއި މެދު ކަސްޓަމަރުން ދެކޭގޮތް ދެނެގަނެ، އެ ހިދުމަތުގެ ފެންވަރު އިތުރަށް ރަގަޅުކުރެވޭނެ ގޮތްތައް ހޯދުމުގެ ގޮތުން ކުރިއަށް ގެންދެވޭ ސާރވޭ އެކެވެ.

މިގޮތުން މި ސާވޭ ކުރިއަށް ދާނީ އޮންލައިންކޮށް އެސްޓީއޯގެ މުއައްޒަފުން ފޯރުކޮށްދޭ ޓެބްލެޓެއް ބޭނުންކޮށްގެންނެވެ. އަދި މި ސާރވޭ ކުރިއަށްދާނީ އެސްޓީއޯ އިން މިހާރު ކުރިއަށް ގެންދާ ވިލް ކެމްޕެއިންގެ ދަށުންނެވެ.

ވިލް ކެމްޕެއިން އަކީ އެސްޓީއޯގެ މުއައްޒަފުންނާއި ކަސްޓަމަރުން، އެސްޓީއޯގެ މާލީ ފުދުންތެރިކަމާއި ތިމާވެށި އަދި އިޖުތިމާޢީ ތަރައްގީއަށް މަސައްކަތް ކުރުމަށް 20 ޑިސެމްބަރ 2015 ގައި ފެށިގެން ކުރިއަށްދާ ކެމްޕެއިން އެކެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.