މީރާގެ ’ޓެކްސް ވީކް‘ މިއަދު ފަށައިފި

”ޓެކްސް ވީކް“ ގެ ނަމުގައި ޓެކުހަށް ހޭލުންތެރިކުރުމުގެ ގޮތުން 1 ހަފްތާއަށް ދެމިގެންދާ ޚާއްސަ ހަރަކާތްތަކެއް މިއަދު ފަށައިފިކަމަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހާމަކުރައްވައިފިއެވެ.

މީރާގެ 7 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން މި މަހުގެ 6 އިން 12 އަށް ބާއްވާ ޓެކްސް ވީކް“ ގައި ޓެކްސް ދައްކާ ފަރާތްތަކާ އާންމުންނަށް އަމާޒުކޮށް ޓެކުހަށް ހޭލުންތެރިކުރުމުގެ ގިނަ ހަރަކާތްތަކެއް ރޭވިފައިވެއެވެ. އޭގެ ތެރޭގައި ޓެކުހާގުޅޭ މައުލޫމާތު ދިނުމުގެ ޚާއްސަ ހަރަކާތްތަކެއް މާލެއާ އަތޮޅުތެރޭގައި ބޭއްވުމުގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ހަރަކާތްތަކެއް ސްކޫލްތަކުގައި ބޭއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މީގެ އިތުރުން މީރާ ”އޯޕަން ޑޭ“ ގެ ގޮތުގައި މިއަދު ފާހަގަކޮށް، މީރާއަށް ޒިޔާރަތްކުރާ ފަރާތްތަކަށް މީރާގެ މަސައްކަތްތައް ހިނގަމުންދާގޮތް ބަލައިލުމުގެ ފުރުސަތުދީ، މީރާގެ ޚިދުމަތްތަކާ އަދި މީރާގައި ހުރި ވަޒީފާގެ ފުރުސަތުތަކާ ގުޅޭ މައުލޫމާތު ލިބޭނެ ގޮތް ހަމަޖައްސާފައިވާކަމަށް ވެސް މީރާއިން މައުލޫމާތު ދެއްވައެވެ.

އޯޕަން ޑޭގެ އިތުރުން ޓެކްސް ވީކް ތެރޭގައި 8 އޮގަސްޓު ވާ އަންގާރަ ދުވަހު ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ބޭއްވުމާއި، މި މަހު 11 ވާ ހުކުރު ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާރކްގައި ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވެސް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއްވައެވެ.

މީރާގެ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން ޚާއްސަ ހަފްލާއެއް ވެސް 4 އޮގަސްޓުގައި ބާއްވާފައި ވެއެވެ. މި ހަފްލާގައި މީރާއިން ވަނީ އެންމެ ގިނައިން ޓެކްސް ދައްކާފައިވާ 17 ފަރާތަކަށް ރަންލާރި އެވޯޑް ދީފައެވެ. އަދި މި ހަފްލާގައި މީރާ މޮބައިލް އެޕްލިކޭޝަން ލޯންޗްކޮށް، ”މީރާ ސަލާމް“ ވެސް ތައާރަފްކޮށްފައި ވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.