އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ހެއްޔާ މަކިޓާގެ ނަމުގައި ޕްރޮމޯޝަންއެއް ފަށައިފި

އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަކިޓާ ޕަވަރ ޓޫލްސްއަށް ހާއްސަކޮށްގެން ކޮންމެ އަހަރަކު ކުރިއަށްގެންދާ ހެއްޔާ މަކިޓާ ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

ޕްރޮމޯޝަން ކުރިއަށްދާނީ 01 އޮގަސްޓްއިން 30 ސެޕްޓެމްބަރ 2017 ގެ ނިޔަލަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓް އަދި އެސްޓީއޯ ރީޖަނަލް 13 ފިހާރައިގައެވެ. މިޕްރޮމޯޝަންގައި މަކިޓާގެ ޕަވަރ ޓޫލްސް ވަރަށް ހެޔޮ އަގުތަކެއްގައި ލިބެން ހުންނާނެކަމަށް އެސްޓީއޯއިން މަޢުލޫމާތު ދިނެވެ. އަދި ޕްރޮމޯޝަން ކުރިއަށްދާއިރު އަލަށް ތައާރަފްކުރެވިފައިވާ ޕްރޮޑަކްޓްސްތަކުގެ ޑެމޯވެސް ކުރިއަށްދާނެކަމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން ވިދާޅުވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އަދި މީގެ އިތުރުން މަކިޓާއިން ކުރައްވާ ކޮންމެ -/500 ރުފިޔާގެ ވިޔަފާރިއަކަށް ކޫޕަނެއް ލިބިވަޑައިގަންނަވާނެއެވެ. އަދި ކޮންމެ ހަފްތާއަކު 3 ނަސީބުވެރިން ހޮވާ އަގުހުރި އިނާމްތަކެއް ލިބިގެންދާނެއެވެ. އިނާމްތަކުގެ ތެރޭގައި ޕިލިޕްސް ޓީވީ އަދި މަކިޓާ ބެޓެރި ބުރުމާ ހިމެނެއެވެ.

މިއަހަރުގެ ޕްރޮމޯޝަން ކުރިއަށްދާއިރު ހެއްޔާ މުބާރާތެއްވެސް ކުރިއަށްދާނެކަމަށް އެސްޓީއޯ ހޯމްއިމްޕްރޫވްމަންޓްއިން މަޢުލޫމާތު ދިނެވެ. ކޮންމެ ހަފްތާއަކު ކުރިއަށްދާ މި މުބާރާތުގައި 15 ސިކުންތުތެރޭ އެންމެ ގިނަ އިސްކުރު މަކީޓާ ބުރުމާއިން ޖެހޭ ފަރާތެއް ހޮވުމަށްވަނީ ހަމަޖެހިފައެވެ. އަދި ޕްރޮމޯޝަން ނިމުމުން މުޅި މުބާރާތުން 1 ވަނައަށް އަންނަ ފަރާތަކަށް މަކިޓާ އިމްޕެކްޓް ބުރުމާއެއް ލިބިވަޑައިގަންނަވާނެއެވެ.

އަދި މިޕްރޮމޯޝަން ތެރޭ ބައްލަވައިގަންނަވާ މަކިޓާ ޕަވަރ ޓޫލްސްއަށް އާންމުކޮށް ލިބޭ 6 މަސް ދުވަހުގެ ވޮރަންޓީގެ ބަދަލަށް 1 އަހަރު ދުވަހުގެ ވޮރޮންޓީ ލިބިގެންދާނެއެވެ.

އެސްޓީއޯއަކީ މަކިޓާ ބްރޭންޑްގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓަރ އަދި އާފްޓަރ ސޭލްސް ސާރވިސް ޕްރޮވައިޑަރވެސްއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.