އެސްޓީއޯއިން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެއްގެ ނަސީބުވެރިން ހޮވައިފި

އެސްޓީއޯއިން ކުރިއަށްގެންދިޔަ ޕްރޮމޯޝަނެއްގެ ނަސީބުވެރިން ހޮވައިފިއެވެ.

އެގޮތުން މިއަދު ބާއްވާފައިވަނީ އެސްޓީއޯ ސުޕަރމާޓުގެ ހޯލްސޭލް ސެންޓަރުން ކުރިޔަށް ގެންދިޔަ ހޯލްސޭލް ޕްރޮމޯޝަންގެ ނަސީބުވެރިންނެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އެސްޓީއޯ ސުޕަރމާޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހޯލްސޭލް ޕްރޮމޯޝަނުގެ ތެރެއިން އެއްވަނައަށް ދިޔަ ޢަބްދުﷲ ނިޒާރު ސޯދިގަށް ލިބިފައިވަނީ ދުބާއީ ދަތުރެކެވެ. ދެވަނައަށް ދިޔަ އިސްމާއިލް މިރުސަލްއަށް ތައިލެންޑް ދަތުރެއް ލިބުނު އިރު، ތިންވަނައަށް ދިޔަ ޒީޝާއަށް ލިބިފައިވަނީ އިންޑޮނޭޝިއާ ދަތުރެކެވެ.

މީގެ އިތުރުން ގުރުއަތުން ހޮވުނު އިތުރު 10 ނަސީބުވެރިއަކަށް 5،000 ރުފިޔާގެ ފައިސާގެ އިނާމުވެސް ދިނުމަށް ވަނީ ނިންމާފައެވެ.

އެސްޓީއޯ އިން 36 ބްރޭންޑެއްގެ މުދާ ރާއްޖެ އެތެރެކޮށް ހޯލްސޭލްކުރާ އިރު، އޭގެތެރޭގައި ކުކިންގ އޮއިލް، ސަންފްލާވަރ އޮއިލް، ބާސްމަތީ ހަނޑޫ، ގެރިކިރު، ހިކި ކިރު، ޕާސްތާ، ޖޫސް، ކޮފީ އަދި ސައިފަތުގެ ބާވަތްތައް ހިމެނެއެވެ.

 

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.