އައްޑޫ ސިޓީއަށް މިނިސްޓަރ ޒެނީޝާ ރަސްމީ ދަތުރުފުޅެއް ކުރައްވައިފި

މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދު ޒަކީ ރަސްމީ ދަތުރުފުޅެއްގައި އައްޑޫ ސިޓީއަށް މިއަދު ވަޑައިގެން، އައްޑޫ ސިޓީގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރަންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައިފިއެވެ.

މި ޒިޔާރަތުގައި، އެ ސެންޓަރުން ދެމުންގެންދާ ޚިދުމަތްތަކާއި ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމާމެދު ސެންޓަރުގެ މުވައްޒަފުންނާ ވަނީ މަޝްވަރާކުރައްވާފައެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިނިސްޓަރ ޒެނީޝާގެ މިދަތުރުފުޅުގައި، އައްޑޫ ސިޓީ ކައުންސިލާއި އައްޑޫ ސިޓީ ޕޮލިސް ސްޓޭޝަންގެ އިސް ބޭފުޅުންނާ ބައްދަލުކުރައްވައި މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާ ކުރައްވައި މިނިސްޓްރީ އާއި އެމުއައްސަސާތަކާ ގުޅިގެން ކުރިއަށް ގެންދެވޭނެ ހަރަކާތްތަކާ ބެހޭގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި އައްޑޫ ސިޓީގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބޭފުޅުންނާ ބައްދަލުކުރައްވައި އެފަރާތްތަކުން ކުރައްވަމުންގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

މި ބައްދަލުވުންތަކުގައި އިޖްތިމާޢީ ރައްކާތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އިތުރަށް ހަރުދަނާކުރެއްވުމަށްޓަކައި ކަމާބެހޭ ހުރިހާ ފަރާތްތަކުން ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.