އެސްޓީއޯ ސުޕަރމާޓުން ކުރިއަށްގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ގުރުއަތު ނެގުން މިއަދު ބާއްވައިފި

އެސްޓީއޯ ސުޕަރމާޓުން އޭޕްރީލް މަހުގެ 23 ވަނަ ދުވަހުން ފެށިގެން ޖުލައި މަހުގެ 01 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔަ ރަމަޟާން ބާޒާރު ޕްރޮމޯޝަންގެ ގުރުއަތުނެގުން މިއަދު ކުރިއަށް ގެންގޮއްސިއެވެ.

މިކަމަށް ހާއްސަކޮށް އެސްޓީއޯ ސުޕަރމާޓުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތުގައި 1 ވަނަ އަށް ހޮވުނު ފަރާތުގެ ގުރުއަތު ނަންގަވައިދެއްވީ އެސްޓީއޯގެ ސީނިއަރ ޖެނެރަލް މެނޭޖަރ ފާތިމަތު އާޝާން އެވެ. އަދި 2 ވަނަ، 3 ވަނަ އަށް ހޮވުނު ފަރާތުގެ ގުރުއަތު ނަންގަވައިދެއްވީ އެސްޓީއޯ ސުޕަރމާޓުގެ މެނޭޖަރ އައިމިނަތު ސީމާ އެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިޕްރޮމޯޝަންގައި އެއްވަނަ، ދެވަނަ އަދި ތިންވަނައަށް ހޮވިވަޑައިގަންނަވާ ބޭފުޅުންނަށް 1 އަހަރު ދުވަހުގެ މުއްދަތައް އެސްޓީއޯ ސުޕަރމާޓުން ވިޔަފާރި ކުރެއްވޭނެ ވައުޗަރު ލިބިވަޑައިގަންނަވާނެއެވެ.

މީގެއިތުރުން މިޕްރޮމޯޝަންގެ ތެރޭގައި ކޮންމެ ހަފްތާއަކުވެސް ހޮވާލެވުނު ނަސީބުވެރި 3 ފަރާތަކަށް އެސްޓީއޯ ސުޕަރމާޓުން ވިޔަފާރި ކުރެއްވޭނެ ވައުޗަރ ވާނީ ހަވާލުކުރެވިފައިއެވެ.

1 ވަނަ އަށް -/ 25،000 ރުފިޔާ، 2 ވަނަ އަށް -/15،000 ރުފިޔާ އަދި 3 ވަނަ އަށް -/12،000 ރުފިޔާ ގެ ވައުޗަރު ލިބިގެންދިޔަ މި ޕްރޮމޯޝަންގެ

1 ވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، ހުސެއިން ފަރިޔާދް، ސިނަމާލެ 1102،

2 ވަނަ ނަސީބު ވެރިއަކަށްވެސް ހޮވިފައިވަނީ، އަހުމަދު ނަޝީދް، ގ.ހިލްމަން،

3 ވަނަ ނަސީބު ވެރިއަކަށް ހޮވިފައިވަނީ، އަހުމަދު ލަތީފް، ގ.އައިމާ،

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.