އޭޕީސީސީގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާ މިނިސްޓަރ ބައްދަލުކުރައްވައިފި

ޖަޕާނުގެ ފުކޯކާގައި އޮންނަ 29 ވަނަ އޭޝިޔާ ޕެސިފިކް ޗިލްޑްރަންސް ކޮންވެންޝަން (އޭޕީސީސީ) ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންނާ އެޑިޔުކޭޝަން މިނިސްޓަރ ޑރ. އާއިޝަތު ޝިހާމް ބައްދަލުކުރައްވައިފި އެވެ.

މި ޕްރޮގްރާމްގެ މަގްސަދަކީ ދިރިއުޅުމުގެ ސަގާފަތާއި އާދަކާދަ ހިއްސާކުރުމަށް އެއްބަޔަކު އަނެއްބަޔަކަށް އިހުތިރާމްކުރުމާއި އަދި ސުލްހަމަސަލަސްކަން ގާއިމުކުރުމުގެ ރޫހު ދަރިވަރުންގެ ކިބާގައި އުފެއްދުމެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

އޭޕީސީސީ ޕްރޮގްރާމްގައި ބައިވެރިވުމަށް ރާއްޖޭން ދަރިވަރުން ހޮވާފައިވަނީ މާލޭ ސްކޫލްތަކުގެ ތެރެއިން ތިން ދަރިވަރަކާއި އަތޮޅުތެރޭގެ ސްކޫލްތަކުން ތިން ދަރިވަރެކެވެ. މީގެ އިތުރުން ދެ އޮފިޝަލަކު ބައިވެރިވެއެވެ.

މިއަހަރު މި ޕްރޮގްރާމްގައި ބައިވެރިވަނީ މާލޭ ސްކޫލްތަކުގެ ތެރެއިން މުހްޔިއްދީން ސްކޫލްގެ ދަރިވަރަކާއި، ގާޒީ ސްކޫލްގެ ދަރިވަރެއް އަދި އިމާދުއްދީން ސްކޫލްގެ ދަރިވަރެކެވެ. އަތޮޅު ތެރެއިން މިއަހަރުގެ ޕްރޮގްރާމްގައި ބައިވެރިވަނީ ފ. ފީއަލީ ސްކޫލްގެ ދަރިވަރަކާއި، މ. މަޑުއްވަރީ ސްކޫލްގެ ދަރިވަރެއް އަދި ބ. ގޮއިދޫ ސްކޫލްގެ ދަރިވަރެކެވެ.

މި ޕްރޮގްރާމަށް އަތޮޅުތެރެއިން ހޮވިފައިވާ ދަރިވަރުން ޖަޕާނަށް ފުރުމަށް މާލެ އައިސް މާލޭގައި ހޭދަވާ މުއްދަތުގައި އެ ދަރިވަރުންނަށް މާލޭގެ ސްކޫލަތަކަށް ކިޔަވަންދިއުމުގެ އިންތިޒާމް ހަމަޖައްސައިދީފައިވާ އިރު، ޖަޕާނަށް ފުރުމުގެ ކުރިން ދަރިވަރުންނަށް ވަނީ ޖަޕާން ބަސް ދަސްކޮށްދިނުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފަ އެވެ. އަދި ދަތުރުގައި ބައިވެރިވާ ދަރިވަރުންނާ އޮފިޝަލުންނަށް އަމާޒުކޮށްގެން  ދެ ދުވަހުގެ ޓްރެއިނިންގ ކޭމްޕެއް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. މި ކޭމްޕްގައި ބައިވެރިންނަށް ޖަޕާނުގެ ސަގާފަތާއި އާދަކާދަ އާއި ގުޅުން ހުރި މައުލޫމާތާއި، ފަސްޓް އެއިޑް ފަދަ މައުލޫމާތުތައް ވަނީ ހިއްސާކޮށްފަ އެވެ.

މި ޕްރޮގްރާމްގައި ރާއްޖޭން ބައިވެރިވާ ދަރިވަރުންގެ ޓީމް މާދަމާ ޖަޕާނަށް ފުރަން ހަމަޖެހިފައިވާ އިރު ދަރިވަރުން ޖަޕާނުގެ ޕުކޯކާގައި ދެ ހަފްތާ ހޭދަކުރާނެ އެވެ. ޕްރޮގްރާމް ނިންމާލުމަށްފަހު ދަރިވަރުން އެނބުރި ރާއްޖެ އަންނާނީ  މި މަހުގެ 27 ވަނަ ދުވަހުއެވެ.

ޖަޕާނަށް ދިއުމަށްފަހު ފުރަތަމަ ހަފްތާ ދަރިވަރުންނާއި އޮފިޝަލުން ހޭދަކުރާނީ ކޭމްޕް ސައިޓްގައެވެ. އަދި ދެވަނަ ހަފްތާ ދަރިވަރުން ހޭދަކުރާނީ ފުކޯކާގެ އާއިލާއެއްގެ ކައިރީގަ އެވެ.

މި ޕްރޮގްރާމްގައި ދަރިވަރުން ފުކޯކާގެ ތަފާތު ތަންތަން ބަލާލުމަށް ޒިޔާރަތްކޮށް އަދި ސްކޫލްތަކަށް ޒިޔާރަތްކުރާނެއެވެ. އަދި ލީޑަރޝިޕްގެ އެކި ކަހަލަ ސިފަތައް ކުދިންނަށް ދަސްކޮށްދިނުމުގެ ވޯކްޝޮޕްތައް ބޭއްވުމުގެ އިތުރުން، އެކި ޤައުމުތަކުގެ ސަގާފަތާއި އާދަކާދަ ދައްކައިދިނުމުގެ އައިޓަމްތައް ހުށައެޅުން އޮންނާނެއެވެ.

މިއަހަރުގެ ޕްރޮގްރާމްގައި އޭޝިއަން-ޕެސިފިކް ސަރަޙައްދުގެ 40 ޤައުމަކުން ދަރިވަރުން ބައިވެރިވެރިވެއެވެ.

މި ޕްރޮގްރާމަކީ ޖަޕާނުގެ ތާރީހީ ރަށެއްކަމަށްވާ ފުކުކާއަށް 100 އަހަރު ފުރުމާއި ގުޅިގެން އެ ސިޓީގެ ފަރާތުން 1989 ވަނަ އަހަރުން ފެށިގެން ކޮންމެ އަހަރު ބާއްވާ ކޮންވެންޝަނެކެވެ. ރާއްޖޭގެ ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް އޭޕީސީސީ އިންވިޓޭޝަން ޕްރޮޖެކްޓްގެ ދަށުން ޖަޕާނަށް ދިއުމަށް އެންމެ ފުރަތަމަ ފުރުސަތު ލިބިފައިވަނީ 1990 ވަނަ އަހަރު އެވެ. އޭގެ ފަހުން މިހާތަނަށް ރާއްޖޭގެ އެކި ސްކޫލްތަކުން 200 އަށް ވުރެ ގިނަ ދަރިވަރުން ވަނީ މި ޕްރޮގްރާމްގައި ބައިވެރިވެފަ އެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.