ކުޑަކުދިންގެ ހިޔާގެ 27 ކުދިން ލީޑަރޝިޕް ޑެވެލޮޕްމަންޓް ޕްރޮގްރާމެއް ފުރިހަމަކޮށްފި

މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީ އާއި މޯލްޑިވްސް ނެޝެނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގުޅިގެން 06 އިން 08 ޖުލައި 2017 އަށް ކުރިއަށްގެންދިޔަ ލީޑަރޝިޕް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނިންމާލައިފިއެވެ.

ކުޑަކުދިންގެ ހިޔާގައި ދިރިއުޅޭ 13 އަހަރުން މަތީގެ 27 ކުދިން ބައިވެރިވި މިޕްރޮގްރާމް ނިންމާލުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޖެންޑަރ އެންޑް ފެމިލީ ޒެނީޝާ ޝަހީދް ޒަކީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރުން، އެމް.އެން.ޑީ.އެފްގެ އޮފިޝަލުންނާއި މިނިސްޓްރީ އަދި ކުޑަކުދިންގެ ހިޔާގެ މުވައްޒަފުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ”ހިޔާގައި ދިރިއުޅޭ ކުދިންނަކީ އެހެންމީހުންނަށް އިޙްތިރާމުކުރާ ކުދިންނަށްވުމުގެ އިތުރުން، ވަރަށް ހޭލުންތެރި އަދި ކަންކަމުގައި އިސްނަގާ ކުދިންނަށްވުމުގެ މުހިންމުކަން“ މިނިސްޓަރ ޒެނީޝާ ފާހަގަކުރެއްވިއެވެ. އަދި، މިކުދިންގެ ހުނަރުތައް ތަރައްޤީކޮށް ޤާބިލްކަން އިތުރުކުރުމަށް މިނިސްޓްރީން ކުރާ މަސައްކަތްތަކުގައި އެމް.އެން.ޑީ.އެފް އިން ދެއްވާ އެހީތެރިކަމާއި އެއްބާރުލުން ފާހަގަކޮށް ޝުކުރުއަދާކުރެއްވިއެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމްގެ ވާހަކަފުޅުގައި ހިޔާގައި ދިރިއުޅޭ ކުދިންނަކީ އަމިއްލަ ނަފްސަށް އިތުބާރުކުރާ، ދިމާވާ ދަތިތައް އަމިއްލައަށް ހައްލުކުރަން އެނގޭ ކުދިންނަށް ހެދުމަށްޓަކައި އެމް.އެން.ޑީ.އެފްގެ ތެރެއިން ކުދިން ބިނާކުރުމަށް ތަފާތު ފުރުސަތުތައް ފަހިކޮށްދެއްވާނެކަމަށް ވިދާޅުވިއެވެ.

މިޕްރޮގްރާމްގައި ކުދިންނަށް ކުރިއަށްގެންދިޔަ ހަރަކާތްތައް މެދުވެރިކޮށް ލީޑަރޝިޕްގެ ހުނަރުތައް ތަރައްޤީކުރުމުގެ އިތުރުން، ޓީމް ވޯރކް، ލައިފް ސްކިލްސް، ކަނޑުމަތީގެ ރައްކާތެރިކަން، ފަޔަރ ފައިޓިންގ އަދި ބޭސިކް ފަރސްޓް އެއިޑް ފަދަ މުހިންމު މަޢުލޫމާތުތައްވެސް ވަނީ ދަސްކޮށްދީފައެވެ. މި ރަސްމިއްޔާތުގައި ހިޔާގެ ކުއްޖަކު ވާހަކަ ދައްކަމުން މި ޕްރޮގްރާމުން ވަރަށް ގިނަ ކަންކަން ދަސްވެއްޖެ ކަމަށާއި މި ކަންތައްތައް ހިޔާގައި އުޅޭ ކޮއްކޮމެންނަށް ދަސްކޮށްދިނުމުގައި އިސްކޮށް ހަރަކާތްތެރިވާނެކަމަށް ބުނެފައިވެއެވެ.

މިނިސްޓްރީގެ ދަށުން ވިލިމާލެގައި ހިންގާ ކުޑަކުދިންގެ ހިޔާގައި 10 އަހަރާއި 18 އަހަރާ ދެމެދުގެ 66 ކުދިން މިވަގުތު ދަނީ ދިރިއުޅެމުންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.