
ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނިކައިގެ 22 މައްސަލައަކާއި ޖިންސީ ހާނިއްކައިގެ 18 މައްސަލައެއް މިނިސްޓްރީއަށް ހުށަހަޅައިފި
ކުޑަކުދިންނަށްކުރާ ޖިސްމާނީ ހާނިކައިގެ 22 މައްސަލައަކާއި ޖިންސީ ހާނިއްކައިގެ 18 މައްސަލައެއް މިދިޔަ ޖޫންމަހު ޖެންޑަރ މިނިސްޓްރީއަށް ހުށަހަޅައިފިއެވެ.
އެ މިނިސްޓްރީން ބުނީ ނަފްސާނީ ހާނިކައިގެ 9 މައްސަލައަކާއި ކުދިން ދޫކޮށްލާފައި ދިޔުމުގެ 2 މައްސަލަ އާއި އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންގެ 9 މައްސަލަ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ ތެރޭގައި މާރާމާރީ ހިންގުމުގެ 1 މައްސަލަ އާއި ވައްކަންކުރުމުގެ 1 މައްސަލައާއި ތޫނު އެއްޗެއް ގެންގުޅުމުގެ 1 މައްސަލަ ހިމެނޭ ކަމަށެވެ.
ޖެންޑަރ މިނިސްޓްރީން ބުނީ ކުޑަކުދިންގެ އަޚްލާޤީ މައްސަލަތަކުގެ 7 މައްސަލައަކާއި މިފަދަ މައްސަލަތަކުގެތެރޭގައި ފުރައްސާރަ ކުރުމުގެ 2 މައްސަލައަކާއި ގެއިން ނިކުމެގެން ދިޔުމުގެ 2 މައްސަލައަކާއި އެހެން ކުދިންނަށް ގަނާކުރުމުގެ 1 މައްސަލަ އަދި ސްކޫލަށް ދާން ބޭނުން ނުވުމުގެ 1 މައްސަލަ މިދިޔަ ޖޫން މަހު ހުށަހަޅާފައިވާ ކަމަށެވެ.
އަދި ކުޑަކުދިން ތަޢުލީމުގެ ޙައްޤުން މަޙްރޫމްކުރުމާ ގުޅޭ 2 މައްސަލައެއް ޖޫން މަހު އެމިނިސްޓްރީއަށް ހުށަހަޅާފައިވާ އިރު، ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 83 މައްސަލަ ޖޫން މަހު ޕޯޓްކޮށްފައިވާ ކަމަށެވެ. އެއީ ޖޫން މަހު ރިޕޯޓްކޮށްފައިވާ މައްސަލަތަކުގެ 51 އިންސައްތައެވެ.
އަދި މިފަދަ މައްސަލަތަކުގެ ތެރެއިން އިހުމާލުވުމުގެ 28 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށްވެސް ބުންޏެވެ.



