މާލީ އިދާރާތަކުން ފައިސާ ފޯރުކޮށްދިނުމުގައި އެނަރޖީ އެފިޝަންސީއަށް ރިޢާޔަތްކުރާ މިންވަރު ދިރާސާކުރުމަށް އެންވަޔަރަންމަންޓް މިނިސްޓްރީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ދެމެދު ފަހުމްނާމާއެއްގައި ސޮއިކޮށްފި

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީއާއި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާއި ދެމެދު މިއަދު ސޮއިކުރެވުނު ފަހުމުނާމާއަކީ ރާއްޖޭގައި ހިންގާ ފައިނޭންޝަލް އިންސްޓިޓިއުޓްތަކުން، ޢިމާރާތްކުރުމުގެ ދާއިރާއަށް ދެވޭ ލޯނާއި އަދި އެހެނިހެން އިންސްޓްރުމަންޓްތައް ދިނުމުގައި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކުރުމަށް ބާރުއަޅާތޯ ބެލުމާއި އަދި މިދާއިރާއަށް އިސްކަންދެވޭ މިންވަރު ބެލުންމަށް ދިރާސާއެއް ހެދުމަށް ސޮއިކުރެވުނު ފަހުމުނާމާއެކެވެ.

ޖުލައި 5 ވަނަދުވަހު ޝީ ބިލްޑިނގްގައި ބޭއްވި ރަސްމިއްޔާތުގައި މި ފަހުމު ނާމާގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް އެންވަޔަރަންމެންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހިމެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ގައުމީ ޔުނިވަރސިޓީގެ ޗާންސެލަރ ޑރ. މުޙައްމަދު ލަތީފެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިދިރާސާއަކީ ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް ޕްރޮޖެކްޓްގެ ދަށުން ހެދޭ ދިރާސާއެކެވެ. މި ޕްރޮޖެކްޓަކީ މިމިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔުނެޕް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގައި ކުރިއަށް ގެންދާ ޕްރޮޖެކްޓެކެވެ.

މި ދިރާސާގެ މަޤްސަދަކީ މި ދިރާސާގެ ހޯދުންތަކުގެ އަލީގައި އިމާރާތްކުރުމުގެ ދާއިރާގައި ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ތަޢާރަފްކޮށް އަދި ސާފުހަކަތަ ބޭނުންކުރުމަށްޓަކައި ކުރެވޭ މަސައްކަތްތަކުގައި ބޭނުންވާ ޓެކްނިކަލް އެހީތެރިކަމާއި މާލީގޮތުން ލުއިފަސޭހަ ގޮތްތައް ތަޢާރަފްކުރުމުށް މާލީ އިދާރާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، ދުނިޔޭގައި އަހަރެއްގެ މައްޗަށް، ޖައްވަށް ބޭރުކުރެވޭ ގްރީންހައުސް ގޭހުގެ ތެރެއިން 30 އިންސައްތަ ، އަދި އުފައްދާ ހަކަތައިގެ 40 އިންސައްތަ ހިއްސާ ކުރަނީ އިމާރާތްތައްކުގެ ބައިންނެވެ. އަދި ޢިމާރާތް ތަކުގެ ދާއިރާއިން ބޭނުންކުރެވޭ ހަކަތަ އުފެއްދުމުން ޖައްވަށް ބޭރުވާ ގްރީންހައުސް ގޭހުގެ ނިސްބަތް ކުރިޔަށް އޮތް 20 އަހަރު ދުވަހުގެ ތެރޭގައި ދެ ގުނައަށް އިތުރު ވެގެންދާނެ ކަމަށް އަންދާޒާ ކުރެވެއެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.