ދިރާގުން ކެއަރ ސޮސައިޓީން ހިންގުމަށް ގަސްތުކުރައްވާ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތަކަށް އެހީތެރިކަން ފޯރުކޮށްދީފި

ދިރާގުން ކެއަރ ސޮސައިޓީގެ ފަރާތުން ހިންގުމަށް ގަސްތުކުރައްވާ ވޮކޭޝަނަލް ޓްރެއިނިންގ ކްލާސްތަކަށް ކޮމްޕިއުޓަރ ސިސްޓަމާއި ލެޕްޓްޕް އަދި ހައިސްޕީޑް އިންޓަނެޓް ކަނެކްޝަން ފޯރުކޮށްދީފިއެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިރާގުގެ ފަރާތުން މިތަކެތި ކެއާސޮސައިޓީއާ ހަވާލުކޮށްދެއްވީ ކުންފުނީގެ ސީ.އީ.އޯ އަދި އެމް.ޑީ އަލްފާޟިލް އިސްމާއިލް ރަޝީދެވެ. ކެއަރ ސޮސައިޓީގެ ފަރާތުން މިތަކެއްޗާ ހަވާލުވެފައިވަނީ އެޖަމިއްޔާގެ ވައިސް ޗެއާޕާރސަން އަލްފާޟިލް އިސްމާއިލް އަދުހަމްއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ކުޑަކުދިން ހިމާޔަތްކުރުމާއި އެހީތެރިވުމަކީ ދިރާގުގެ އިޖްތިމާއީ ޒިންމާގެ ވަރަށް މުހިންމު ދާއިރާއަކަށްވެފައި މިކަމަކީ މި ޒިންމާގެ ދަށުން ކުރެވިގެންދިޔަ ވަރަށް މުހިންމު ކަމެކެވެ.ދިރާގުން ވަނީ އެކި ގޮތްގޮތަށް ވޭތުވެދިޔަ އަހަރު ތަކުގައި ކުޑަކުދިން ހިމާޔަތް ކުރުމާއި ކުޑަކުދިންގެ ތައުލީމާއި ތަރައްގީއަށް ކމަސައްކަތްކުރާ އެކި ޖަމިއްޔާތަކަށް އއެހީތެރިކަން ފޯރުކޮށްދީފައިއެވެ.

އެގޮތުން މިދިޔަ އަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކެއަރ ސޮސައިޓީގައި އަރލީ އިންޓަވެންޝަން ކްލާހެއް ހިންގުމަށްވެސް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މީގެ އިތުރުންވެސް، ކޮންމެ އަހަރަކު ދިރާގުން ބާއްވަމުން އަންނަ ދިރާގު މޯލްޑްވިސް ރޯޑް ރޭހަކީވެސް ކުޑަކުދިން ރައްކާތެރިކުރުމުގެ ޝިޔާރުގުގެ ދަށުން ބާއްވާ ރޭހެކެވެ. މީގެ އިތުރުން، ދިރާގު ސްޕެޝަލް ސްޕޯރޓްސް ފެސްޓިވަލަކީވެސް، ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ހާއްސަކުރެވިގެން ބޭއްވޭ އެފަދަ އެންމެ ބޮޑު ހަރަކާތެވެ

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.