ށ. ޅައިމަގު ސްކޫލްގައި 4 ކްލާސްރޫމްގެ އާ އިމާރާތެއް އަޅަނީ

ށ. ޅައިމަގު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އެ ސްކޫލްގައި 4 ކްލާސް ރޫމްގެ އާ އިމާރާތެއް އެޅުމަށް ޓްރައިކޯ އިންވެސްޓްމަންޓް އާއިއެކު އެޑިޔުކޭޝަން މިނިސްޓްރީން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެޑިޔުކޭޝަން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސީނިއަރ ޕޮލިސީ އެގްޒެކްޓިވް، އިބްރާހިމް އިސްމާއިލް އަލީ އެވެ. ޓްރައިކޯ އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑިރެކްޓަރ އާދަމް ސައީދުއެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

ޅައިމަގު ސްކޫލްގެ އާ އިމާރާތް އެޅުމަށް ޓްރައިކޯ އިންވެސްޓްމަންޓް އާއި ހަވާލުކޮށްފައިވަނީ 2498306.46 ރ. (ދެމިލިއަން ހަތަރުލައްކަ ނުވަދިހައަށްހާސް ތިންސަތޭކަހަ ރުފިޔާ ސާޅީސްހަ ލާރި) އަށެވެ. އެފަރާތާއި މި މަސައްކަތް ހަވާލުކޮށްފައިވަނީ 110 ދުވަހުގެތެރޭގައި މަސައްކަތް ނިންމުމަށެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިބްރާހިމް އިސްމާއިލް ވިދާޅުވީ 2017 ވަނަ އަހަރުގެ އޮކްޓޯބަރ މަހު އިމާރާތުގެ މަސައްކަތް މުޅިން ނިމި 2018 ވަނަ އަހަރުގެ ފުރަތަމަ ޓާމް ގެ ކިޔެވުން ފެށޭއިރު އިމާރާތުގެ ބޭނުން ކުރަން ފެށޭނެ ކަމަށެވެ.

މިއަދު ސޮއިކުރެވުނު މަޝްރޫއު އާއިއެކު ޕީ.އެސް.އައި.ޕީގެ ތެރެއިން މިހާރު ޖުމްލަ 53 މަޝްރޫއުގެ މަސައްކަތް ކުރިޔަށްދާ އިރު، އުއްމީދަކީ މިއަހަރު ނިމުމުގެ ކުރިން މަޝްރޫއުތަކުގެ 96% މަޝްރޫއު ނިމި އާ އިމާރާތްތަކުގެ ބޭނުންކުރަން ފެށުމެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.