ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމްތައް އެސްޓީއޯއިން ސްޕޮންސަރކޮށްފި

1438 ވަނަ އަހަރުގެ ރަމަޟާން މަހުގެ ރޭތައް އިޙްޔާކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއިން ކުރިއަށް ގެންދާ ފޯރަމްތައް ސްޕޮންސަރ ކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.

އިއްޔެ އިސްލާމިކް މިނިސްޓްރީގައި ބޭއްވި ސޮއެކުރުމުގެ ރަސްމިއްޔާތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް ޑޮކްޓަރ އަޙްމަދު ޒިޔާދެވެ. އަދި އެސްޓީއޯގެ ފަރާތުން ސޮއެކުރެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަހުމަދު ޝަހީރެވެ.

އިޝްތިހާރު ބައިވެރވާ ފޯމު ފުރުމަށް މިތަނަށ ފިތާލާ

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ވިދާޅުވިގޮތުގައި އެސްްޓީއޯއަކީ އަބަދުވެސް މިނިސްޓްރީން ހިންގަމުން އަންނަ ތަފާތު ގިނަޕްރޮގްރާމް ތަކަށް އެހީތެރިކަމާ އެއްބާރުލުން ދެމުން އަންނަ ކުންފުންޏެއް ކަމަށެވެ. އަދި މިގޮތުން މިފަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމްތަކުގެ އިންތިޒާމްތަކަށް ދެއްވި އެހީތެރިކަން ބަލައިގަންނަކަމުގައި ވިދާޅުވިއެެވެ.

މިރަސްްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ޝަހީރު ދެއްކެވި ވާހަކަފުޅުގައި އެސްޓީއޯގެ އިޖްތިމާއީ ޒިންމާގެ ދަށުން އިސްލާމިކް މިިނިސްޓްރީގެ ތަފާތު ގިނަ ހަރަކާތްތަކަށްދޭ އަހައްމިއްޔަތު ފާހަގަކުރެއްވިއެެވެ. މިދިޔަ އަހަރުގެ ރަމަޟާންމަހުގެ ރޭތައް އިޙްޔާކުރުމުގެ ފޯރަމްތައްވެސް ސްޕޮންސަރ ކޮށްފައިވަނީ އެސްޓީއޯއިންނެވެ.

މިލިޔުން ކިޔާލުމުން

ވައިބަރ ޗެނަލަށް ވަންނަވާ
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ


ގުޅުން ހުރި ލިޔުންތައް

Below Comments Ad
Back to top button
Close

Ad blocker Detected ! ފޮޓޯ ބްލޮކް ކުރާއެއް ފެނިއްޖެ

ތިޔަ ޑިވައިސްގައި ފޮޓޯ ބްލޮކް ކުރާ ސޮފްޓްވެއަރ/އެޕް އެއް އަޅާފައި އެބަހުއްޓެވެ. އެހެންކަމުން މިވެބްސައިޓްގައިވާ ފޮޓޯތައް ނުފެނުން އެކަށީގެންވެއެވެ. ފޮޓޯތައް ފެންނަ ގޮތަށް ވަނުމަށްޓަކައި ފޮޓޯ ބްލޮކް ކުރާ (އެޑް ބްލޮކަރ) އޮފކޮށްލައްވާށެވެ.